ދިއިސްލާމް ދެޖިންސް މަސްހުނި ވުމަކީ ފަސާދަ ބޮޑު އަދި އަންހެނުންގެ ޙައްޤުތަކާއި ކަރާމާތް ނެތިދާނެކަމެއް: ޝައިޚް ޢަބްދުލް ޢަޒީޒް އާލް ޝައިޚް

ދެޖިންސް މަސްހުނި ވުމަކީ ފަސާދަ ބޮޑު އަދި އަންހެނުންގެ ޙައްޤުތަކާއި ކަރާމާތް ނެތިދާނެކަމެއް: ޝައިޚް ޢަބްދުލް ޢަޒީޒް އާލް ޝައިޚް

ދެޖިންސް މަސްހުނި ވުމަކީ ފަސާދަ ބޮޑު އަދި އަންހެނުންގެ ޙައްޤުތަކާއި ކަރާމާތް ނެތިދާނެކަމެއް: ޝައިޚް ޢަބްދުލް ޢަޒީޒް އާލް ޝައިޚް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންހެނުންނާއި ފިރިހެނުންއެއްވެ މަސްހުނިވުމަކީ އަންހެނުންގެ ޙައްޤުތަކާއި ކަރާމާތް ނެތި، ބޮޑު ފަސާދައެއް އުފެދޭނެ ކަމެއްކަމަށް ސައޫދީ ޢަރަބިއްޔާގެ މުފްތީ ޝައިޚް ޢަބްދުލް ޢަޒީޒް އާލް ޝައިޚް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ދެއްވި ޚުތުބާގައި އާލް ޝައިޚް ވިދާޅުވީ އަންހެންނާއި ފިރިހެނުން މަސްހުނިކުރުމަށް ގޮވާ ގޮވުމަކީ ވަރަށް ބޮޑު ޖަރީމާއެއްކަމަށާއި އެގޮވާ ގޮވުމުގެ ބޭނުމަކީ އަންހެން ކަނބަލުންގެ ރިވެތި އަޚްލާޤް ހަލާކުކޮށްލުން ކަމަށެވެ. އަދި މިފަދަ ގޮވާލުންތަކަކީ ހުޅަނގުގެ ނުފޫޒުގައި ޖެހިފައި ތިބޭ މީހުން ގޮވަމުންދާ ހުޅަނގުގެ ޕްރޮޖެކްޓެއްކަމަށާއި މިފަދަ ކަންތައްތަކުން އިސްލާމީ އުއްމަތަށް ލިބިގެންދާނީ ބިރުވެރިކަމާއި ނާމާންކަމާއި ފިތުނަ ފަސާދަކަމަށް ޝައިޚްގެ ޚުތުބާގައި ވިދާޅުވިއެވެ.

ޝައިޚް ގެ ޚުޠުބާގައި އެކަކަށްވުރެ ގިނަ އަނބިންނާއި ކައިވެނި ކޮށްގެން އުޅޭ ފިރިހެނުން އެބައިމީހުންގެ އަނބިންގެ މެދުގައި ހަމަހަމަ ކުރުމަށާއި، އެކަނބަލުންނާއި މެދު އޯގާތެރިވުމަށް ގޮވާލެއްވިއެވެ. އަދި އަނބިންގެ ފަރާތުން ފެންނަ ކުށްތައް ފާހަގަ ކުރުމުގެ ބަދަލުގައި އެކަނބަލުންގެ ފަރާތުން ލިބޭ ހުރިހައި ހެވެއްގެ މަތިން ހަނދާން ކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.