ދިއިސްލާމް ސޫރިޔާގެ 3.4 މިލިއަން ރައްޔިތުންނަށް ނޮވެމްބަރ މަހު ކާނާ ފޯރުކޮށްދީފައިވޭ: އ.ދ

ސޫރިޔާގެ 3.4 މިލިއަން ރައްޔިތުންނަށް ނޮވެމްބަރ މަހު ކާނާ ފޯރުކޮށްދީފައިވޭ: އ.ދ

ސޫރިޔާގެ 3.4 މިލިއަން ރައްޔިތުންނަށް ނޮވެމްބަރ މަހު ކާނާ ފޯރުކޮށްދީފައިވޭ: އ.ދ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުސްވި ނޮވެމްބަރު މަހުގައި ސޫރިޔާގައި ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންދާ ރައްޔިތުންގެ ތެރެއިން 3.4 މިލިއަން ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފާއިވާ ކަމަށް އ.ދ އިން ހާމަކޮށްފިއެވެ.

އ.ދ ގެ ދުނިޔޭގެ ކާނާއާއި ބެހޭ ޕްރޮގްރާމްއިން ހާމަކުރާ ގޮތުގައި ސުރިޔާގެ ހިމްސް އާއި އެހެނިހެން ސަރަހައްދު ތަކުގައި އެތއް ދުވަހެއް ވަންދެން ކާބޯތަކެތި މެދުކެނޑިފައިވާ 3.4 މިލިއަން ރައްޔިތުންނަށް ހުސްވި ނޮވެމްބަރ މަހު ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ހާސިލްކުަރަން ބޭނުންވި ލަނޑުދަނޑިއަކީ ކާބޯތަކެތި މެދުކެނޑިފައިވާ ރައްޔިތުންގެ ތެރެއިން 4 މިލިއަން ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ދިނުންކަމަށާއި އެލަނޑުދަނޑިއާއި ހިސާބަށް ނޮވެމްބަރ މަހުގެ މަސައްކަތުން ވާސިލްވެފައި ނުވާކަމަށެވެ.

އިތުރަށް އ.ދ އިން ހާމަކުރާ ގޮތުގައި ދިމިޝްޤާއި އެހެނިހެންވެސް ވަރުގަދައަށް ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރެވެމުންދާ ސަރަހައްދުތަކުގައި ތާށިވެފައިވާ ރައްޔިތުންނަށް ކާބޯތަކެތި ނުލިބުމަކީ އެޖަމިއްޔާއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް ކާބޯތަކެތި މެދުކެނޑިފައި އޮންނަތާ ހަމަހަށްވުރެ ގިނަވެފައިވާ ކަމަށް އ.ދ އިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.