ދުނިޔެ ސޫރިއާގެ ސިފައިން ބަންދުގައި ތިބޭ އަންހެނުން ރޭޕް ކުރާކަމުގެ ރިޕޯޓެއް އާންމުވެއްޖެ

ސޫރިއާގެ ސިފައިން ބަންދުގައި ތިބޭ އަންހެނުން ރޭޕް ކުރާކަމުގެ ރިޕޯޓެއް އާންމުވެއްޖެ

ސޫރިއާގެ ސިފައިން ބަންދުގައި ތިބޭ އަންހެނުން ރޭޕް ކުރާކަމުގެ ރިޕޯޓެއް އާންމުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސޫރިއާގެ ސިފައިން ބަންދުގައި ތިބޭ އަންހެނުން ރޭޕްކުރާ ކަމުގެ ރިޕޯޓެއް އާންމުވެއްޖެއެވެ.

"ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް ނެޓްވޯކް" އިން ނެރެފައިވާ މި ރިޕޯޓުގައި، ސޫރިއާގެ އަސްކަރިއްޔާގެ ބަންދުގައި ބައިތިއްބާފައި ތިބޭ އަންހެނުން ރޭޕް ކުރުމުގެ އިތުރުން ހަނގުރާމައިގެ 'އޮޕަރޭޝަންތަކުގައި' އިންސާނީ އައްޑަނައަކަށް ހެދުމާއި އާއިލާތަކަށް ފިއްތުންތައް ކުރިމަތި ކޮށް ބަދުނާމު ކުރުމަށް ބައެއް އަންހެނުން ވަގަށްވެސް ނަގަމުން ދާކަމަށް އަލް އަރަބިއްޔާ ނޫހުގައި ހާމަކޮށްފައި ވެއެވެ.

މި ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ސޫރިޔާގެ 7 ސަރަހައްދެއްގައި އެޤައުމުގެ ސިފައިން މި ޖަރީމާތައް ދަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުގެ އަމުރަށް ސިފައިން ހިންގާ 'ރެއިޑް' ތަކުގައާއި މިލިޓަރީ ޗެކްޕޮއިންޓް ތަކުގައާއި މިލިޓަރީ ޖަލުތަކުގައި މި ޖަރީމާތައް ދަނީ ހިނގަމުންކަމަށް ވެއެވެ.

ސޫރިއާގެ ޓާރޓަސް އަށް ނިސްބަތްވާ 'އައިދާ' ނަމަކަށް ކިޔާ 19 އަހަރުގެ އަންހެން ކުއްޖަކު، އޭނާ އަކީ ސޫރިއާގެ އަނިޔާވެރި ސަރުކާރާ ދެކޮޅު "މުސްލިމް ބްރަދަހޫޑް" އަށް ނިސްބަތްވާ ކުއްޖެއް ކަމުން ހައްޔަރު ކުރެވުނުކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި އޭނާ ހައްޔަރު ކުރެވިފައިވަނީ އޮކްޓޯބަރ 2012 އިން ޖެނުއަރީ 2013 އަށް ކަމަށާއި، މި ދެމެދުގައި އޭނާ 2 ފަހަރަށް ރޭޕްކޮށްފައި ވާކަމަށް ވެއެވެ. އަދި މި ޖަރީމާ ހިންގުމުގައި އަސްކަރިއްޔާގެ 3 މީހަކު ހިމެނޭ ކަމަށާއި މިކަން ހިންގީ ކޯޓުގެ އަޑުއެހުން އޮތް ދުވަހުގެ ކުރިން ދުވަހު ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

"ތަހުގީގު ކުރަން އައި މީހާ އަހަރެން ކޮޓަރީގައި ބައިންދާފައި ދިޔައީ. އަދި 3 މީހަކު ގޮވައިގެން އައި. ދެން ފަހަރަކު މީހަކު ވެގެން އަހަރެން ރޭޕް ކުރި. އަހަރެން ބިރުން ދެކޮޅުހެދޭތޯ ވަރަށް މަސައްކަތް ކުރިން. އެ އެންމެން ނިމުނުއިރު އަހަރެން ހަށިގަނޑުން ވަރުގޮސް މުޅިން ލޮޑުވި. ލެއިން ތަތްތެޅުނު. 10 ވަރަކަށް މިނެއްޓުފަހުން ޖަލު ޑޮކްޓަރ އައިސް އަހަރެން ގެންގޮސް އިންޖެކްޝަންއެއް ދިން. ޖަޖުގެ ކުރިމަތީގައި ކޮޅަށް ހުރެވޭވަރު ކޮށްދިނުމަށް." އައިދާ ކިޔާދިނެވެ.

މި ރިޕޯޓުގައި ބުނާގޮތުގައި އަނިޔާވެރި ސަރުކާރަށް ވަފާތެރި ސޫރިޔާގެ އަސްކަރިއްޔާއިން ދަނީ ރޭޕްކުރުން، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. އެގޮތުން 2012 ވަނަ އަހަރު ހޮމްސްގައި 9 އަހަރުގެ ކުޑައަންހެން ކުއްޖަކު އާއިލަގެ ކުރިމަތީގައި  ރޭޕްކުރި ކަމަށްވެސް ވެއެވެ.

ސޫރިޔާގެ ހަނގުރާމައިގައި މިހާތަނަށް 120000 ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކު ގެދޮރު ދޫކޮށް ރެފިއުޖީން ގޮތުގައި ފިލާފައި ވާކަމަށް ޔޫ.އެން އިން ހާމަކުރެއެވެ.

ޓެގް

ޢަރަބި ދުނިޔެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.