ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބެލްޖިއަމްގެ ސަރުކާރުން ނިންމައި އެކަން އިޢްލާންކޮށްފިއެވެ.
އޫރަޕިއަން ޔޫނިއަންގެ މެމްބަރއެއް ކަމަށްވާ ބެލްޖިއަމްގެ ސަރުކާރުން ފަލަސްތީން ދައުލަތެއް ގޮތުގައި ބަލައިގަނެ އެޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ ބްރަސަލްސްގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަން އެންބަސީގެ ފެންވަރަށް މަތިކޮށް އެގައުމުގައި ހުންނަވާ ފަލަސްތީނުގެ އިސް ޑިޕްލޮމޭޓަށް ސަފީރެއްގެ ދަރަޖަ ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށާއި މީގެފަހުން ޢަމަލުކުރަމުން ގެންދާނީ އެގޮތުގެ މަތިން ކަމުގައެވެ. އަދި މިކަން ލަސްވެގެންދިޔައީ ފަލަސްތީނުގެ ސަރުކާރާއި ބެލްޖިޔަމްގެ ސަރުކާރާ ދެމެދު ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންތައްތަކެއް ފުރިހަމަ ކުރުން ލަސްވެގެން ކަމަށްވެސް ބެލްޖިޔަމްގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
2012 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީއިން ވަނީ އދ. ގެ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމާފައެވެ. ބެލްޖިއަމްވެސް ހިމެނިގެން ގޮސްފައިވަނީ އެނިންމުމަށް ތާއީދުކޮށް ވޯޓުދިން 170 އަށްވުރެ ގިނަ ގައުމުތަކުގެ ތެރޭގައެވެ.
ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދިނުމަށް ދެކޮޅު ހަދަމުން ގެންދަނީ އެމެރިކާއާއި ކެނެޑާ ފަދަ ޔަހޫދީ، ލާދީނީ ހަރުކަށި ޒަޔަނިސްޓުންގެ ޖަމާއަތްތަކުގެ ނުފޫޒުގެ ދަށުގައިވާ މަދުގައުމަކުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...