އަންހެނުންނާއި އާއިލާތަކަށް ޙާއްސަކޮށްގެން ލީބިޔާގެ ބެންގާޒީގައި ހިންގާ ކެފޭއަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.
މީޑިއާ ރިޕޯރޓުތައް ބުނާގޮތުން ހޮނިހިރު ދުވަހުދިން މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިޔަސް ކެފޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ރޮޓާނާ ކެފޭގެ ވެރިފަރާތުން މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި މިކެފޭގެ މަތީބަޔަކީ ހަމައެކަނި އަންހެނުންނާއި އާއިލާތަކަށް ހާއްސަކޮށް އޮންނަ ބައެއް ކަމަށާއި އަދި ކެފޭގެ ތިރީބައި ހާއްސަ ކޮށްފައިވަނީ ހަމައެކަނި ފިރިހެނުންނަށް ކަމަށެވެ. އަދި އަންހެނުންނަށް ޙާއްސަކޮށްގެން އެތަން ހިންގަމުންދާތީ، އެތަނަށް ހަމަލާ ދޭނެކަމުގެ އިންޒާރުކެއް ކުރިން ލިބިފައިވާ ކަމަށެވެ. އަދި ހަމަލާދީފައިވަނީ އެއިންޒާރުތަކުގެ ސަބަބުން އަންހެނުންނަށް ޙާއްސަކުރެވިފައިވާ ބައި މަރާމާތުކުރުމުގެ ނަމުގައި ބަންދުވެސް ކޮށްފައި ވަނިކޮށް ކަމަށެވެ.
ކެފޭއަށްދާ އަންހެނަކު މީޑިއާއަށް ކިޔައިދިން ގޮތުގައި ރޮޓާނާ ކެފޭއަކީ އެގޮތަށް ފިރިހެނުންނާއި ވަކިން އެސަރަހައްދުގައި ހިންގާ މަދު ކެފޭތަކުން ކެފޭއެއް ކަމަށާއި ކެފޭއަށް ދިން ބޮމުގެ ހަމަލާގެ ސަބަބުން ވަރަށް ހިތާމަކުރާ ކަމަށެވެ.
ކެފޭއަށް ދިން ބޮމުގެ ހަމަލާގެ ސަބަބުން އެހިސާބުގަނޑުގައި ދިރިއުޅޭ މީހުންވަނީ ބިރުވެރި ކަމެއްގެ ތެރޭގައިކަމަށް މީޑިއާ ރިޕޯރޓުތައް ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...