ދިއިސްލާމް 411256 މީހުން ހައްޖުވުމަށް ސައުދީ އަރަބިޔާއަށް އެތެރެވި

411256 މީހުން ހައްޖުވުމަށް ސައުދީ އަރަބިޔާއަށް އެތެރެވި

411256 މީހުން ހައްޖުވުމަށް ސައުދީ އަރަބިޔާއަށް އެތެރެވި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1434 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 411256 ހައްޖާޖީން ސައުދީ އަރަބިއްޔާއަށް އެތެރެވެފައިވާ ކަމަށް ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީއިން ހާމަކޮށްފިއެވެ.

ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީއިން އިތުރަށް ހާމަކުރާ ގޮތުގައި 411256 ހައްޖާޖީންގެ ތެރެއިން 215570 ހައްޖާޖީން އަނބުރާ މިހާރު ޤައުމަށް ގޮސްފައިވާ ކަމަށާއި 195648 ހައްޖާޖީން އަދިވެސް މައްކާގެ މާތްވެގެންވާ ބިމުގައި އެބަތިބި ކަމަށެވެ.

1434 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިޔާއަށް އައި ހައްޖާޖީންގެ ތެރެއިން ޤަވައިދާ ހިލާފުވެގެން 19193 މީހުން ހައްޔަރުކޮށް ހުއްދަނެތި އެތެރެވި 46713 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފައިވެއެވެ. މިއަހަރުގެ ޙައްޖު މޫސުމުގައި ހައްޖުވެރިންގެ ސަލާމަތަށްޓަކައި ސައޫދީ ސަލާމަތީ ބާރުތަކުގެ 95،000 މީހުން ހަރަކާތްތެރިވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.