ދުނިޔެ ކުޑަކުދިންނަށް ގޯނާކުރުމުގެ އަދަބަކަށް 50،000 ސައުދީ ރިޔާލްއިން ޖޫރިމަނާކޮށް 15 އަހަރުގެ ޖަލު ޙުކުމެއް

ކުޑަކުދިންނަށް ގޯނާކުރުމުގެ އަދަބަކަށް 50،000 ސައުދީ ރިޔާލްއިން ޖޫރިމަނާކޮށް 15 އަހަރުގެ ޖަލު ޙުކުމެއް

ކުޑަކުދިންނަށް ގޯނާކުރުމުގެ އަދަބަކަށް 50،000 ސައުދީ ރިޔާލްއިން ޖޫރިމަނާކޮށް 15 އަހަރުގެ ޖަލު ޙުކުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޑަކުދިންނަށް ގޯނާކުރުމުގެ އަދަބަކަށް 50،000 ސައުދީ ރިޔާލްއިން ޖޫރިމަނާކޮށް 15 އަހަރުގެ ޖަލު ޙުކުމެއް އަންނަ ގޮތަށް ޤާނޫނުގައި ކަނޑައަޅާ އަންނަ ހޯމަ ދުވަހު ޝާއިއު ކުރާނެ ކަމަށް ސައުދީ އަރަބިޔާގެ މިނިސްޓްރީ އޮފް ސޯޝަލް އެފެއާރޒްއިން ހާމަކޮށްފިއެވެ.

މިޤާނޫނު ޑްރަފްޓް ކޮށްފައިވަނީ ކަމާގުޅޭ 8 ދާއިރާއެއް ހިމެނޭ ގޮތަށް އެކުލަވާލި ކޮމިޓީއަކުން 150 ދުވަހުގެ މަޝްވަރާއަށް ފަހުގައި ކަމަށް ސޯޝަލްއެފެއާރޒް މިނިސްޓްރީއިން ހާމަކުރެއެވެ.

މިޤާނޫނުގައި 22 މާއްދާއެއް ހިމެނޭނެ ކަމަށާއި އަނިޔާ ލިބޭ ފަރާތުން ކަމާ ބެހޭ މުއައްސަސާތަކަށް އެމީހެއްގެ ޙާލަތު އެންގުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް މިޤާނޫނުގައި އެހީތެރިވެ ދީފާއިވާނެކަމަށް ސޯޝަލްއެފެއާރޒް މިނިސްޓްރީއިން ހާމަކުރެއެވެ. އަދި ކުޑަކުއްޖާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ކުރާ އަނިޔާއަށް ތަފާތު އަދަބު ތަކެއް މިޤާނޫނުގައި ކަނޑެޅިފައިވާނެ ކަމަށްވެސް ސޯޝަލްއެފެއާރޒް މިނިސްޓްރީއިން ހާމަކުރެއެވެ.

މިޤާނޫނު ބުނާގޮތުން އަނިޔާ ލިބޭ ކުޑަކުއްޖާގެ ބަދަލުގައި ކޯޓުގައި އެކުއްޖާ ތަމްސީލްކުރާނީ ސޯޝަލްއެފެއާރޒް މިނިސްޓްރީއިން ކަމަށާއި މައްސަލައިގައި ބޭނުންވާނެ މައުލޫމާތު ހޯދުމުގެ ބާރު މިނިސްޓްރީއަށް ލިބި ދީފައިވެއެވެ. އަދި މިފަދަ އެއްވެސް މައްސަލައެއްގައި ކޯޓުގައި އަނިޔާ ލިބުނު ކުޑަކުއްޖާ ތަމްސީލްކުރުމުގެ ފުރުޞަތު ކުއްޖާގެ ބެލެނިވެރިން ނުވަތަ ކުއްޖާ ބަލަހައްޓާ ފަރާތަށް ލިބިގެންނުވެއެވެ. ސަބަބަކީ ކުއްޖާއަށް ގޯނާކުރި ފަރާތަކީ އެއިން މީހެއް ކަމުގައި ވެދާނެތީ ކަމަށް މިޤާނޫނުގައި ބުނެއެވެ.

މިޤާނޫނުގައި އެކުލެވޭ މާއްދާތައް ތަންފީޒްކުރުމަށް ކަމާއި ގުޅޭ އިދާރާތަކަށް ވަރަށް ބޮޑަށް މިޤާނޫނުގައި ބާރު އަޅާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.