ކޮލަމިސްޓް ނަޝީދަކީ ލާދީނީ މީހެއްކަމަށް އީޔޫ އިން އިއުތިރާފްވީ ކީއްވެ؟

ނަޝީދަކީ ލާދީނީ މީހެއްކަމަށް އީޔޫ އިން އިއުތިރާފްވީ ކީއްވެ؟

ނަޝީދަކީ ލާދީނީ މީހެއްކަމަށް އީޔޫ އިން އިއުތިރާފްވީ ކީއްވެ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއީ އިސްލާމަކު ނޫނީ އީމާނުގެ އަހުލުވެރިއަކު ޖަވާބު ނުލިބިގެން އުޅޭނެ ސުވާލެއް ނޫނެވެ. ނަމަވެސް ދީނީ ޢަޤީދާ ވަރުގަދަ ނޫން އިސްލާމް ދީނުގެ ތަޢުލީމާ ބީރަށްޓެހި އަދި އިސްލާމީ ތަޢުލީމާ ދުރުތާ ތިމާގެ މީހުންގެ ހިތުގައި މިއީ ހަމަ ހަގީގަތުގައިވެސް ސުވާލެއް ކަމުގައި ވެދާނެއެވެ. މިހެން މިދެންނެވީ މިއަދު ސަންއޮންލައިންގައި އަދި މީގެ އެއްދުވަސް ކުރިން ހަވީރުގައި ލިޔެފައިވާ ޚަބަރަކާއި ގުޅިގެން ދިވެހިންނަށް ފާޅުވެގެން އުޅޭ ހަޤީޤަތަކާއި މެދު ގިނަ ބަޔަކު އެކި ތަންތާގައި ވާހަކަ ދައްކަމުންދާތީއެވެ. ސަން އޮންލައި ގެ  އާޓިކަލް ބައްލަވާށެވެ. އެ ޚަބަރުގެ ސުރުޚީގައި ލިޔެފައި ވެއެވެ. "ބަޣާވާތް ކުރީ" ނަޝީދު އިސްލާމީ ޝަރީއަތަށް ގޮންޖެއްސެވުމުން: ކޮންޒަވޭޓިވް ޕާޓީ

 ދެން އަސްލު މައުޞޫއަށް ޖެހިލަމާ ހެއްޔެވެ؟ ނަޝީދަކީ ލާދީނީ މީހެއްކަމަށް އީޔޫ މީހުން (ކާފަރުން) އިއުތިރާފްވީ ކީއްވެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. އެއީ އޭނާ އެބައިމީހުންގެ ދީނަށް ތަބަޢަވީ ކަމުގައި އެމީހުން ދެކުނީއެވެ. ކޮންމެވެސް ސަބަބު ތަކަކާއި ހުރެ އެމީހުން ރުހުނީއެވެ. އާދެ! ކާފަރުން އިސްލާމުންގެ ލީޑަރަކާއި ނުވަތަ ލީޑަރު ކަމަށް އަންނާން އުޅޭ މީހަކާއި ރުހި އޭނާއަށް ތާއީދު ކުރީއެވެ.

އެހެން ނަމަވެސް ކާފަރުން އިސްލާމުންނާއި ނުރުހޭނޭ ކަމާއި އޭގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯ އިސްލާމުންނަށް މާތް ﷲ ވަނީ މީގެ ސާދަ ސަތޭކަ އަހަރު ކުރިން ބަޔާން ކޮށްދެއްވާފައެވެ. ނިކަން ބައްލަވާށެވެ.

)وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ-البقرة:120(

2:120

އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާންދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، ﷲ ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ.

 އެންމެހާ މުސްލިމުންނޭވެ! މާތް ﷲ ގެ މި ބަސްފުޅާމެދު ނިކަން ފުންކޮށް ވިސްނެވުން ހުއްޓެވެ. ޔަހޫދީންނާއި ނަސާރާއިންނާއި އަދިވެސް ޣައިރު ދީންތަކުގެ މީހުން ( ﷲ އަށް އީމާން ނުވާ ކާފަރުން) އެއްވެސް މުސްލިމަކާއިމެދު ރުހޭ ކަމަށް ނުވަތަ އެމީހެއްގެ ޢަޤީދާ ކަމުގޮސް ނުވަތަ އެނޫންވެސް ގޮތަކުން ރުހޭ ކަމަށް ދައްކައިފިނަމަ ، ފަހެ ހުޝިޔާރު ވާށެވެ! އެހެނީ އެމީހުން ކަނޑައެޅިގެން ނުރުހޭނެ ކަމާއި އެމީހުން ޙަޤީޤަތުގައި ބޭނުން ވަނީ ކަލޭމެން (މުއުމިނުންގެ) ދީނުން ބޭރު ކުރުންކަން ޔަޤީން ކުރުން ހުއްޓެވެ. މި އާޔަތަކީ އެމީހުންނާއި އަދި އަހަރެމެންގެ ހިތާއި ހިތުގައި ފޮރުވިފައިވާ ހުރިހާ ސިއްރެއް މޮޅަށް ދެނެވޮޑިގެންވާ ހެއްދެވި އިލާހު އަންގަވާފައިވާ ބަސްފުޅެކެވެ.

އެހެންކަމުން ދަންނަން ޖެހޭ ހަޤީޤަތަކީ އެއްވެސް ކާފަރަކު އެއްވެސް މުސްލިމަކު އުޅޭގޮތަށް ރުހިއްޖެނަމަ، އެމީހަކު އަމިއްލައަށް ތިމާގެ އީމާންކަން އަލުން ޗެކް ކުރާށެވެ. އެއީ މައްސަލައެކެވެ. އެހެނީ އެމީހުން ﷲ ގެ މަގުގައިވާ މީހަކަށް ހަމަ ހިލާ ތާއީދު ނުކުރާނޭކަން ކީރިތި ޤުރްއާނުގައި މިވަނީ ވަރަށް ސަރީޙަކޮށް ބަޔާންކޮށް ދެއްވާފައެވެ.

ލޮބުވެތި ދިވެހި ރައްޔިތުންނޭވެ!...ކާފަރުން ރުއްސަން އުޅެފިނަމަ މާތް ﷲ މިއުއްމަތުގެ މާތް ނަބިއްޔާއަށް އިންޒާރު ކުރައްވާ މުޅި އުއްމަތަށް ދެއްވާފައިވާ އިންޒާރާއިމެދު ބިރުވެތިވުން ހުއްޓެވެ. ކާފަރުން ތިމާގެ އަޤީދާ އާއިމެދު ނުރުހޭނަމަ އެއީ ތިމާ ސީދާވީ ކަމުގައި މި އުސޫލުގެ ދަށުން ނުދެންނެވޭނެތޯއެވެ؟ އަދި އެމީހުން ރުހެފިނަމަ ތިމާގެ ދީން ނުވަތަ ދީނުން ބަޔެއް އެމީހުންގެ ދީނާ އެއްގޮތަށް ބަދަލުވީކަން މަރުގައިމު ގޮތަށް ޔަޤީން ކުރުން ހުއްޓެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.