ގިނަ އަދަދެއްގެ ބަޔަކު ދުރު ގައުމުތަކުން މަތިންދާ ބޯޓުގަޔާއި ކަނޑު ބޯޓުތަކުގައި ބޮޑު ހަރަދުކޮށްގެން ހައްޖަށްދާ އިރު، އަދި އަނެއްބަޔަކު އެއްގަމު މަގުން ބަސް ފަދަ އުޅަނދުތަކުގައި ހައްޖަށްދާއިރު އަވަށްޓެރި ޕާކިސްތާނު މީހަކު ހިނގާފަ ފައިމަގުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގެ މާތްވެގެންވާ ބިމަށް ގޮއްސިއެވެ.
އަލް އަރަބިއްޔާ ނޫހުން ހާމަކުރާ ގޮތުގައި ޕާކިސްތާނުގެ ކަރްލްޒާދާ ކަސްރަތު ރާއީ މި އަހަރު ހައްޖަށް ދިޔައީ 6،387 ކިލޯމީޓަރު ކަޑައްތުކޮށް ފައިމަގުގައި ހިނގާފަ އެވެ. އޭނާ މިއަހަރުގެ ޖޫން 7 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީން ފައިމަގުގައި ދަތުރު ފަށާ ތިން މަހާއި 23 ދުވަސް ހޭދަކުރުމަށް ފަހު މައްކާ އަށް ފޯރީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.
ޕާކިސްތާނުން ފެށި މިދަތުރުގައި ކަރްލްޒާދާ ކަސްރަތު ރާއީ ފުރަތަމަ ދިޔައީ އީރާނަށެވެ. އެ ގައުމު ހުރަސްކޮށް އިރާގުން ދަތުރުކޮށް ޖޯޑްންގެ ތެރެއިން ލާފައި ސައޫދީ އަރަބިއްޔާ އަށް ދެވުމުން ސައޫދީ ސަރުކާރުގެ އިސް އޮފިޝަލުންނާއި މައްކާ ހަރަމްފުޅުގެ އިމާމްގެ މަންދޫބަކާއި މައްކާގައި އުޅޭ ޕާކިސްތާނުގެ ބައެއް ރައްޔިތުން އޭނާއަށް މަރުހަބާ ކިޔާފަވެއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.29 މިލިއަން މީހުން ވައިގެ މަގުން ސައުދީއަށް އެތެރެވެފައިވާ އިރު 72000 މީހުން ކަނޑުމަގުން އަދި 14898 މީހުން އެއްގަމު މަގުން ސައުދީއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އެތެރެވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...