ދިއިސްލާމް ދިވެހި ހުރިހާ ހައްޖު ވެރިން އަރަފާތުބިމުގައި

ދިވެހި ހުރިހާ ހައްޖު ވެރިން އަރަފާތުބިމުގައި

ދިވެހި ހުރިހާ ހައްޖު ވެރިން އަރަފާތުބިމުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1434 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީއަރަބިއްޔާ އަށް ދިޔަ ހުރިހާ ހައްޖާޖީން ވެސް މިހާރު ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެގެން ތިބީ އަރަފާތު ބިމުގައި ކަމަށް މައްކާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނުން ހާމަކޮށްފިއެވެ.

ހައްޖު މިޝަންއިން ހާމަކުރާ ގޮތުގައި ދިވެހި ހުރިހާ ހައްޖާޖީން މިވަގުތު ތިބީ ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެގެން އަރަފާތު ބިމުގައި ކަމަށާއި އަދި އެހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެފަރާތުން އިތުރަށް ހާމަކުރާ ގޮތުގަޢީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ހުރިހާ ހައްޖާޖީން ވެސް މިރޭ އިރުއޮއްސެންދެއް ތިބޭނީ އަރަފާތު ބިމުގައި އަޅުކަމުގައި ކަމަށާއި އެއަށްފަހު މިރޭ އިރުއޮއްސުމުން އަރަފާތުން ނުކުމެ މުޒްދަލިފާއަށް ގޮސް މަގުރިބް ނަމާދާއި އިޝާ ނަމާދު ޖަމޫކޮށް ކުރާނެކަމަށެވެ. އަދި މާދަމާ ހެނދުނު މިނާއަށް ދިއުމަށްފަހު ޖަމްރާއަށް ހިލައުކާނެ އެވެ.
1434 އަހަރުގެ ޙައްޖަށް ދިވެހިރާއްޖެއިން 8 ޙައްޖު ކޮމްޕެނީއަކުން 800 ޙައްޖުވެރިން ހައްޖަގެ އަޅުކަން އަދާކުރުމަށް ގޮސްފައިވެއެވެ.

ޓެގް

ޙައްޖު 1434

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.