މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ސޫރިޔާގެ ވެރިރަށް ދިިމިޝްޤުގެ ރަށްފުށުގެ ސަރަހައްދު ތަކުގައި ކެމިކަލް ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ ސެރިން ގޭސް ބޭނުންކޮށްފައިވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވިދާޅުވެއްޖެ އެވެ.
ބަންކީ މޫން އިތުރަށް ވިދާޅުވީ މިކަން ކަށަވަރުވެފައިވަނީ އދ އިން އެސަރަހައްދުތަކުން ނެގި ސާމްޕަލް ތަހްޤީގް ކުރުމުން ކަމަށެވެ. އެގޮތުން އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގައިން ނެގި ލޭގެ ސާމްޕަލްތަކުންނާއި އެސަރަހައްދުގެ ބިންގަނޑުން ނެގި ސާމްޕަލްތަކުން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ކަށަވަރުވާކަމަށް ބަންކީ މޫން ވިދާޅުވިއެވެ.
ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ ކޮންފަރާތަކުންކަން ނޭނގޭ ކަމަށް އދ އިން ބުނާއިރު، މީޑިއާ ރިޕޯރޓްތަކުގައިވާ ގޮތުން ދިމިޝްގުގެ ރަށްފުށުގެ ސަރަހައްދަށް ޙަމަލާދީފައި ވަނީ ސެރިން ގޭސް އެކުލެވޭ ވޯހެޑް ހަރުކޮށްފައިވާ ރޮކެޓުންކަމަށް ރިޕޯރޓްތަކުގައި ވެއެވެ. އަދި މިބާވަތުގެ ރޮކެޓް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތުގައި ހުރުމުގެ ފުރްސަތުނެތް ކަމަށާ ނަމަވެސް ސޫރިޔާ ސިފައިންގެ ކެމިކަލްހަތިޔާރުގެ ސްޓޮކްގައި މިބާވަތުގެ ގިނަ އަދަދެއްގެ ރޮކެޓާއި މިސައިލް އެބަހުރިކަމަށް އެމެރިކާއިން ބުނާ ކަމަށްވެސް ރިޕޯރޓްތަކުގައިވެއެވެ.
އެމެރިކާއިންވަނީ ދިމިޝްގުގެ ރަށްފުށުގެ ސަރަހައްދަށް ކެމިކަލް ހަތިޔާރުން ޙަމަލާދިނީ ސޫރިޔާ އަސްކަރިއްޔާގެ ސިފައިން ކަމަށް ތުހުމަތުކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...