ދުނިޔެ "މުރްސީ އެނބުރި އަންނާނެ" - އަނބިކަނބަލުން

"މުރްސީ އެނބުރި އަންނާނެ" - އަނބިކަނބަލުން

"މުރްސީ އެނބުރި އަންނާނެ" - އަނބިކަނބަލުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ އަސްކަރިއްޔާއިން ގެނައި ބަޣާވާތަކުން ވެރިކަމުން ދުރުކޮށްފައިވާ މިޞްރުގެ ރައީސް މުޙައްމަދު މުރްސީ އަދި އެނބުރި އަންނާނެކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަޖްލާ މަޙްމޫދު ވިދާޅުވެއްޖެއެވެ.

ނަޖްލާ މިހެން ވިދާޅުވީ އިއްޔެ މިޞްރުގެ ވެރިރަށް ކައިރޯގެ އަވަށެއް ކަމަށްވާ ނަޞްރް ސިޓީގައި މުރްޞީ އަށް ތާޢީދު ކޮށް މުޒާހަރާކުރަމުން ދިޔަ އެތައް ހާސްބަޔަކާ މުޚާތަބުކޮށެވެ. ބަޣާވާތަށް ފަހު މިއީ ޢާންމުންގެ ތެރެއަށް އެކަމަނާ ނިކުމެވަޑައިގަތް ފުރަތަމަ ފަހަރުވެސް މެއެވެ. ވަރަށް މަދުން ޢާންމުންގެ ތެރެއަށް ނިކުމެވަޑައިގަންނަވާ ނަޖްލާ ފިޠުރު ޢީދުގެ އުފާފާޅުކުރަމުން ދިޔަ ވަގުތުގައި ޢާންމުންނާއި ބައްދަލުކުރެއްވުމުން އެންމެނަށްވެސް ހައިރާންކަން ލިބިގެން ދިޔަކަމަށް ނޫސްތަކުން ހާމަކުރެއެވެ.

" އޭނާ އެނބުރި އަންނާނެ! އިންޝާﷲ" ނަޖްލާ ވިދާޅުވިއެވެ.

އެކަމަނާ މިހެން ވިދާޅުވި އިރު މުރްޞީއަށް ތާޢީދު ކުރާ ފަރާތްތަކުން މުރްޞީ އެނބުރި އަންނާނެކަމުގެ ޝިޢާރުތަށް ގޮވަމުން ދެއެވެ.

މުރްޞީއަށް ތާޢީދު ކޮށް މުޒާހަރާތައް ބާއްވަމުންދާއިރު މިޞްރުގެ އަސްކަރިއްޔާއިން ވަނީ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލާނެ ކަމުގެ އިންޒާރު ދީފައެވެ.

މަންމާފުޅާ އެކު މުރްޞީގެ ބޭފުޅުންވެސް މުޒާހަރާގައި ބައިވެރިވެ ބައްޕާފުޅު ދޫކޮށްލުމަށް ގޮވައިލައިފައި ވެއެވެ.

މިޞްރުގެ ބައެއް ނޫސްތަކުން މީގެ ކުރިން ވަނީ ނަޖްލާވެސް ވަނީ މުރްޞީއާ އަދި އެ ދެކަނބަލުންގެ ބޭފުޅަކާއެކު ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހައްޔަރު ކޮށްފައިކަމަށް ބުނެފައެވެ. ހަމަ އެހެން އިއްޔެގެ ބައްދަލުވުމުގައި އެކަމަނާވެސް ބަޣާވާތަށް ފަހު ހުންނެވި ތަނެއް ހާމައެއް ނުކުރައްވައެވެ.

ޢީދުގެ ތަހުނިޔާ މިޞްރުގެ ރައްޔިތުންނަށް ފޮނުއްވުމަށް ނެރުއްވި ބަޔާނެއްގައި މިޞްރުގެ މިހާރުގެ ރައީސް ވަނީ އެގައުމުގެ އިންތިޚާބު ނުވަ މަސްދުވަހުގެ ތެރޭގައި ބާއްވާނެކަމަށް ވިދާޅުވެފައެވެ.

މުރްޞީ ދޫކޮށްލުމަށް އެތައް ހާސް ބަޔަކު ގޮވަމުން ދާއިރު، މިޞްރުގެ ސަރުކާރުން އެކަމަށް އެއްވެސް ވަރަކަށް އިޖާބަދޭތަނެއް ފެނިގެނެއް ނުދެއެވެ.

މަސްދަރު: ނޫސް އެޖެންސީތައް

ފޮޓޯ؛ ސްކައި ނިއުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.