ބަންގްލާދޭޝްގެ އެންމެ ބޮޑު ދީނީ ޕާޓީގެ އިސް ވެރިއެއްގެ ކަމަށްވާ އަލީ އަހްސަން މުޖާހިދު ދަންޖައްސައި މަރަން ހުކުމް ކޮށްފިއެވެ.
ޖަމާއަތު އިސްލާމީގެ ސެކެޓްރީ ޖެނެރަލް އަލީ އަހްސަން މުޖާހިދު ދަންޖައްސާ މަރަން ހުކުމްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަލީ އަހްސަންގެ މައްޗަށް ކުރެވިފައިވާ ހުރިހާ ދަޢުވާއަކީވެސް ޕާކިސްތާނާއި ބަންގުލަދޭޝްއާ ވަކިވާން ޖެހުނު ހަނގުރާމާގައި ހިންގާފައިވާ ޖަރީމަތަކެއްގެ ދަޢުވާއެވެ.
އަލީ އަހްސަން މުޖާހިދު މަރަން ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް ފަސް ކުށެއް އުފުލާ ދެ ކުށެއް ސާބިތުވުމުންނެވެ.
ޖަމާއަތު އިސްލާމީގެ އިސްވެރިއެއްގެ މައްޗަށް ދާދިފަހުންވެސް ވަނީ މިފަދަ މައްސަލައަކާއި ގުޅިގެން ހުކުމް އިއްވާފައެވެ. ޖަމާއަތު އިސްލާމީގެ ކުރީގެ ވެރިޔާ ޣުލާމް އާޒާމްގެ 90 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ދާދިފަހުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...