އިރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިރާންގެ އާ ރައީސްއަކަށް ޑރ. ޙަސަން ރޫޙާނީ ހޮވިއްޖެއެވެ.
އީރާންގައި އިއްޔެ ބޭއްވި ރިޔާސި އިންތިހާބު ނަތީިޖާ އިއުލާންކޮށްފައިވާއިރު އިންތިހާބުން އެންމެ ކުރީގައި އުޅެނީ ޑރ. ޙަސަން ރޫޙާނީ އެވެ. ޖުމްލަ 18.61 މިލިއަން ވޯޓުންނެވެ. އެއީ ވޯޓު ދިން މީހުންގެ 50.73 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދީ ހަ މިލިއަން ވޯޓާއި އެކު ތެހެރާންގެ މޭޔަރު މުހައްމަދު ބާގިރު ކަބިލީވްއެވެ. އަދި ތިން ވަނަ އަށް ދިޔައީި ކޮންޒަވެޓިވް ޚިޔާލުގެ ސަޢީދު ޖަލީލީ އެވެ. އެއީ 4.16 މިލިއަން ވޯޓުންނެވެ.
ފޯރިގަދަ އިންތިހާބު ކާމިޔާބު ކުރައްވާ އިރާންގެ 11 ވަނަ ރައީސްއަކަށް ޑރ. ޙަސަން ރޫޙާނީ ވެފައިވާއިރު އިންތިހާބުގެ ނަތީޖާއާއި މެދު ހުޅަގުންދަނީ ސުވާލު އުފައްދަމުންނެވެ.
އީރާނުގެ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިފައިވާ ގިނަ ބަޔަކު ވޯޓް ލާފައިވާއިރު އިންތިހާބުގެ ބާތިލް ވޯޓްގެ އަދަދަކީ 1,245,409 ވޯޓެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...