ރިޕޯޓް ވައްހާބިޒަމް: ޚުދުމުހުތާރު އިސްލާމީ ލީޑަރުންގެ އަތްމަތީ ބަސް

ވައްހާބިޒަމް: ޚުދުމުހުތާރު އިސްލާމީ ލީޑަރުންގެ އަތްމަތީ ބަސް

ވައްހާބިޒަމް: ޚުދުމުހުތާރު އިސްލާމީ ލީޑަރުންގެ އަތްމަތީ ބަސް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ވައްހާބިޒަމް އަކީ ކޯއްޗެއް ހެއްޔެވެ؟ ވައްހާބީންނަކީ ކޮން ބައެއް ހެއްޔެވެ؟ އެ ލަފްޒު ކާފަރުން ކައިރީ ބައެއް އިސްލާމީ ޤައުމުތަކުގެ ވެރިން ނުވަތަ ލީޑަރުން ބޭނުން ކުރަނީ ކޮން ފައިދާއެއް ނަގަން ހެއްޔެވެ؟
އިތުރު ހާސަރުތަކެއް ނުލިޔެ ސީދާ މައުޟޫއަށް ޖެހިލާނަމެވެ.

މައުމޫނުގެ ވެރިކަމުގައި އިސްލާމްދީން ދެކެލޯބިވާ ކަމަށް ބުނެ ބަޔަކު މައުމޫނު ދެކެ ރުޅިއައީ ކީއްވެ ހެއްޔެވެ؟ މިއީ މިއަދު އަޅުގަނޑުމެން އަލުން ހަނދާންކޮށްލަން ޖެހޭ އިޢާދަ ކުރަންޖެހޭ، މުރާޖަޢާ ކުރަން ޖެހޭ އަދި ކުރިން ކުރި ސުވާލެކެވެ. ދެން ނިކަން ޖަވާބު ބަލައިލަމާތޯއެވެ؟
އާދެ! ޖަވާބުގައި ދަންނަވަމެވެ. 80 ގެ އަހަރުތަކުން ފެށިގެން މައުމޫނު ދީނީ ޢިލްމުވެރިންގެ އަޑު ކަނޑުވައިލާން މަސައްކަތް ކުރީ އިހަކަށް ދުވަހު ޑެންމާކް ގައި ނަޝީދު އެބުނި " ހިޖާޒް ކަރައިގެ ވައްހާބީން" ކަމަށް ބުނެއެވެ. އޭރުގައި މައުމޫނުވެސް ވައްހާބީން ދެކެރުޅިއައެވެ. އަދި އައްބާސް އިބްރާހިމް ފަދަ ގާތްތިމާގެ މީހުން ލައްވާ ނޫސްނެރެ އެ ނޫސްތަކުގައި ވައްހާބިޒަމާއި ދެކޮޅަށް ލިޔަންފެށިއެވެ. އޭގެ މާނައަކީ މީގެ 30 އަހަރުންފެށިގެން މައުމޫނު އެބުނާ ނުވަތަ އޭރުގެ ސަރުކާރުން ރުޅިއައި ވައްހާބިޒަމް އަކީ ފަހެ ކޮބައި ހެއްޔެވެ؟ އަނެއްކާވެސް ސުވާލެކެވެ؟

ރައީސް މައުމޫނާއި އޭނާގެ ގާތް މީހުން މިސްރުގައި ކިޔެވި ދުވަސްވަރަކީ ތާޒާތާޒާކޮށް އިނގިރޭސިންގެ އަޅުވެތިކަމުން އެފްރިކާގެ ބައްރު މިނިވަންވި ދުވަސްކޮޅެވެ. އިނގިރޭސިން އެމީހުން އަރާ ކޮންމެ ތަނެއްގައި އެންމެ ފުރަތަމަ ކުރާ ކަމަކީ އެތަނެއްގެ ދީނީ އަޤީދާ ޚަރާބުކޮށްލުމަށް އެތަނެއްގެ ކިޔަވައިދިނުމުގައި ބޭނުންކުރާ ޤައުމީ ކަރިކިއުލަމް ބަދަލު ކުރުމެވެ. އެގޮތުން އަޒްހަރު ޔުނިވަރސިޓީގެ ކަރިކިއުލަމް ވަނީ ސެމީ ސެކިއުލަރ ލިބަރަލް މުސްލިމުން އުފެއްދުމަށް ވަރަށް ރަނގަޅަށް ބައްޓަންކޮށް އެމީހުންގެ ބައެއް ޕްރޮފެސަރުންނާއި އެކު ތައްޔާރު ކޮށްފައެވެ. މިހެން މިތަން އޮއްވައި އެތަނަށް މައުމޫނުމެންނަށް ދެވުނެއެވެ. ނަތީޖާއަކީ އޭރުގައި އެ ދުވަސްވަރު އައި އެއްވެސް "އެބުނާ" އުސްތާޒުންނާއި ދަންނަބޭކަލުންނަކީ އިއްތިފާޤުންނަމަވެސް ތުނބުޅިއެއް ނެތް އެ މާތް ސުންނަތް ދެކެ ވައްހާބިޒަމް ގެ ނަމުގައި އިންތިހާއަށް ނަފްރަތް ކުރާ ޢިލްމުވެރިން ދިވެހިންނަށް ލިބުމެވެ. މިއީ އިނގިރޭސިންގެ ތައްޔާރީ ކާނާއެވެ. ވިސްނާލަ ބަލާށެވެ. ކަރިކިއުލަމް ސެމީ ސެކިއުލަ ކުރުމުން މިދެންނެވި ދީނީ ޢިލްމުވެރިންނަކީ އެމީހުންގެ ދީނުގެ ނަބިއްޔާގެ ސުންނަތަކީ ހައްދުފަހަނަ އެޅުންކަމުގައި ބުނާ އިސްލާމްދީނުގެ އިލްމުވެރިންނޯލައެވެ! މޭމަތީގައި ހަށަން ބަނުމާއި ޤުނޫތު ނުކިޔުމަކީ ވައްހާބިޒަމް ކަމަށް ކަނޑައަޅައި މޫނު ބުރުގާ އެޅުމަކީ ހޫނު ޤައުމަކު ކޮށްގެންވާނެ ކަމެއްނޫންކަން ބުނަމުން ވައުޒު ބުނަމުން ދިޔައިރު މައްކާ އާއި މަދީނާއަކީ ރަޝިޔާ ފަދަ ފިނިތަނެއް ނޫންކަން މިބައި މީހުން ނުދަތެވެ.
މައުމޫނުގެ ޒަމާނުގެ ކަންކަން އިތުރަށް ލިޔާކަށް ގަސްތެއް ނުކުރަމެވެ. ﷲ ގެ ރަޙްމަތުން 1983 ން ފެށިގެން ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދަޢުވަތާއި މީސްތަކުން އެބުރެމުންދާގޮތާއި މި މައިދާނުގައި ކަންކަން ވަމުންދާގޮތް މިދަނީ ފެންނަމުން ލޮލުން ދެކި އަތުން ހިފަމުންނެވެ. އެހެންކަމުން މިމަގުން މިކަން ދެކިފައިވާ މީހުންނަށް މިކަންކަން ރަނގަޅަށް އެނގޭނެ ކަމުގައި ދެކެމެވެ.

އަޒްހަރުގެ މަންހަޖު ބަދަލު ކުރީ ކިހިނެއް؟ އަދި ވައްހާބިޒަމް ތަޢާރަފް ކުރީ ކިހިނެއް؟

ކުރުކުރުކޮށް ބުނެލާނަމެވެ. އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ޚަރަދުކޮށްގެން ރޭންޑް ކޯޕަރޭޝަން އިން ނެރެފައިވާ ސިވިލް ޑިމޮކްރެޓިކް އިސްލާމް ކިޔާ ޕީޑީ އެފް ޑައުންލޯޑް ކޮށްލާށެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެބުނާ ޓްރެޑިޝަނަލް އިސްލާމް " ޤްރުއާނާއި ސުންނަތް" ނުވަތަ ސަލަފުއްސާލިހުންގެ ގޮތް ނައްތާލުމަށް އެމެރިކާ އަދި ހުޅަނގުގެ ގޮނޑިކޮއްކޮ ސަރުކާރު ތަކުން ތަންފީޒު ކުރުމަށް ދީފައިވާ އަދި ރައީސް އޮފީހުން ނަޝީދުގެ ވެރިކަމުގައި ދީން ބައްޓަން ކުރުމަށް ގެންގުޅުނު އަތްމަތީ ފޮތެވެ.

ދިވެހި ފަހުގެ އިސްލާމީ ތާރީޚްގެ މިކަންކަން އެނގި ބަޔަކު ސުންނަތް ދަސްކޮށް މައުމޫނު ދެކެ ރުޅިއައީ ދީނީގޮތުން އެހެންވެއެވެ. ފަހަރެއްގައިވެސް ދީނީ މީހުން ރުޅިއައީ މައުމޫނު ފައިސާ "ފަރިއްކުޅުއްވާތީ" އެއް ނޫނެވެ. އަދި ރަށުގެ ފަޅު ފުން ނުކޮށްދީގެންނެއް ނޫނެވެ. އަދި ޑޮލަރުގެ އަގު 10 ރުފިޔާއަށް ހަދައި ނުދީގެންނެއްވެސް ނޫނެވެ. ނަމަވެސް އޭރުގައިވެސް ތިމާމެންނަށް ޒާތީގޮތުން އަދަބު ލިބި ބަންދުވީމާ އިސްލާމްދީނޭ ކިޔައިގެން މައުމޫނު ދެކެ ރުޅިއައި މީހުން އެބަތިއްބެއެވެ. އޭރު އެމީހުން މައުމޫނު ދެކެ ރުޅިއައީ ޒާތީވެގެންކަން ޔަޤީންވީ މައުމޫނު ވެރިކަމުންގޮސް އޭގެ ފަހުން އައި ވެރިމީހާ ނަޝީދުވެސް މައުމޫނު ކުރި ކަންކަން ކޮށް، އެހެންނަމަވެސް ނަޝީދު ކޮންމެފަދަ ކުފުރެއް ގޮވިޔަސް ކާފަރު ނުވެ، ތޯޣޫތު ނުވެ އޭނާ ރަނގަޅުވީ ހިސާބުންނެވެ. މީސްމީހުންގެ ނަން ނުލިޔުނަސް ކަން ހިނގާފައިވާ މަގަކީ މިއީއެވެ.

ދެން މިއޮތީ ތިޔަ ކިޔުންތެރިޔާއާއި ކޮށްލަން ބޭނުންވާ އެންމެ ދެ ސުވާލެވެ. ތިޔައީ މައުމޫނުގެ ސަޕޯޓަރަކަށް ވިޔަސް އަދި ނަޝީދުގެ ސަޕޯޓަރަކަށް ވިޔަސް، ރުޅި ދުރުނުވެ މި ސުވާލަށް އިންސާފު ވެރިކަމާއެކު ޖަވާބެއް ހޯދުމަކީ ދެ ދުނިޔޭގައި ތިބާއަށް ލިބޭނޭ ފައިދާއެއްކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
ސުވާލު 1 އާއި ސުވާލު 2 : މައުމޫނިޒަމް އަކީ މާ ކަމުނުދާ އެއްޗެއް ކަމަށް ބުނި ދީންދެކެލޯބިވާ ކަމަށް އޭރުގައި ބުނެ މައުމޫނު ދެކެރުޅި އައި މީހުން ހަމަ އެކަންތައް އެއަށްވުރެ މާ ފާޅުކަންބޮޑު ގޮތެއްގައި "ވައްހާބިޒަމް" އޭ ކިޔައިގެން ނަޝީދު ކީމާ އޭނާ މިކަމުދަނީ ކުރިން މައުމޫނު ކުރި ކަންތަކާއި ދެއްކި ވާހަކަ ރަނގަޅުވީ ހެއްޔެވެ؟ ނޫނީ ނަޝީދު ކުރާގޮތަށް ބޮޑަށް ފާޅުގައި މައުމޫނު ސުންނަތަށް ފުރައްސާރަ ނުކުރީމާ އޭނާގެ އިސްލާމްކަން ގަދަވީ ހެއްޔެވެ؟

ޖަވާބު ދެއްވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.