އޭޝިއާ ގައުމަށް ހިދުމަތް ކުރުމަށް އިތުރު ފުރުސަތެއް ދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު ކުރަން: ނަވާޒް ޝަރީފް

ގައުމަށް ހިދުމަތް ކުރުމަށް އިތުރު ފުރުސަތެއް ދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު ކުރަން: ނަވާޒް ޝަރީފް

ގައުމަށް ހިދުމަތް ކުރުމަށް އިތުރު ފުރުސަތެއް ދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު ކުރަން: ނަވާޒް ޝަރީފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގައުމަށް ހިދުމަތް ކުރުމަށް އިތުރު ފުރުސަތެއް ދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު ކުރާކަމަށް މުސްލިމް ލީގްގެ ނަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަން މީގެ ކުރިން ދެފަހަރަށް ކުރައްވާފައިވާ ނަވާޒް ޝަރީފު ވިދާޅުވީ "ގައުމަށް ހިދުމަތް ކުރުމަށް އިތުރު ފުރުސަތެއް ދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު ކުރަން"ކަމަށެވެ. ޕާކިސްތާނުގެ ވެރިކަން ލިބުނުކަން ޔަގީންވުމާއި ގުޅިގެން ނަވާޒް ޝަރީފް އިތުރަށް ވިދާޅުވީ "އިންތިޚާބު ކާމިޔާބުކުރެވުނު ނަމަވެސް މަސައްކަތްކުރާނީ ޤައުމުގައި ހުރި ބޮޑެތި ޕާޓީތަކާއި ގުޅިގެން ޤައުމަށް ހަމަޖެހުމާއި ސުލްހަ ގެންނެވުމަށް"ކަމަށެވެ.

ނަވާޒް ޝަރީފް މީގެ ކުރިން ބޮޑުވަޒީރުކަން ކުރައްވާފައި ވަނީ 1990 އިން 1993 އަށް އަދި 1997 އިން 1999 އަށެވެ.

ނަވާޒް ޝަރީފް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި ދުވަސްވަރު ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ "އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގެންފި ނަމަ ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ކުރާ ހަނގުރާމައަށް ޕާކިސްތާނުން ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން ނިމުމަކަށް ގެންނަވާނެ"ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.