އޭޝިއާ ޕާކިސްތާނުގެ އިންތިހާބު ފަށައިފި

ޕާކިސްތާނުގެ އިންތިހާބު ފަށައިފި

ޕާކިސްތާނުގެ އިންތިހާބު ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ އިންތިހާބު ފަށައިފިއެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބު ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ވޯޓު ދޭން ނުނިކުތުމަށް ތާލިބާނުން އިންޒާރުތައް ދެމުން ދަނިކޮށް ޕާކިސްތާނުގެ ތާރީހީ އާންމު އިންތިހާބުގައި ވޯޓުލުން ފަށާފައިވާއިރު ވޯޓް ފޮށިތަކުގެ ކައިރީގައި ހެނދުނު ހެނދުނާ މީހުންތައް ވަނީ ކިއޫތައް ހަދަން ފަށައިފައެވެ.

ޚަބަރުތައް ބުނާގޮތުގައި މިއިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ 342 މެންބަރުން ހޮވުމަށާއި ހަތަރު ޕްރޮވިންސެއްގެ މަޖިލީހަށް މެންބަރުން ހޮވުން އޮންނާނެއެވެ.

އިންތިހާބުގައި އެންމެ ވާދަވެރި ކެނޑިޑޭޓުންނަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ހާން އެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބާއި ދިމާކޮށް ތާލިބާނުންވަނީ ވޯޓްލާން މީހުން ނުނުކުތުމަށް ގޮވާލާފައެވެ. އަދި އިންތިހާބަށް ހުރަސް އެޅުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ތާލިބާނުންވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.