ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ އަދި ރައީސް ޕަރްވޭޒް މުޝައްރަފް ސިޔާސީ މައިދާނަށް އަނެއްކާވެސް ނުކުންނަށް ތައްޔާރުވަމުން އެބަދެއެވެ.
ވެރިކަމުން 2008 ވަނަ އަހަރު އިސްތިއުފާ ދެއްވުމަށް ފަހު ގައުމުން ބޭރަށް އަމިއްލަ އަށް އަރުވާލެއްވިގެން އުޅުއްވުމަށް ފަހު މިދިޔަ މަހު މުޝައްރަފް އެނބުރި ޕާކިސްތާނަށް ވަޑައިގެންފައިވާއިރު މުޝައްރަފުވަނީ އާންމު އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ. އަދި އާންމު އިންތިހާބުގައި ވާދަކުރެއްވުމުގެ ހުއްދަ ޕާކިސްތާނުގެ އޮފިޝަލުން ވަނީ ދީފައެވެ. މުޝައްރަފުގެ މައްޗަށް ތަފާތު މައްސަލަތަކެއްގައި ދައުލަތުން ދައުވާ އުފުލާފައިވީ ނަމަވެސް ޕާކިސްތާނުން ވަނީ އޭނާގެ ކަފާލާތުގެ މުއްދަތު ވެސް އިތުރުކޮށް ދީފައެވެ.
އިންތިހާބުގައި ވާދަކުރުމުގެ ހުއްދަ މުޝައްރަފަށް ދީފައި ވަނީ އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގާ ގާތުގައި އޮންނަ ޕާކިސްތާނުގެ އަވަށް، ޗިތުރާލުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...