އޭޝިއާ ޗައިނާގެ ކޯރަކުން މަރުވެފައިވާ އޫރުތަކެއް ފެންނަމުން ދަނީ

ޗައިނާގެ ކޯރަކުން މަރުވެފައިވާ އޫރުތަކެއް ފެންނަމުން ދަނީ

ޗައިނާގެ ކޯރަކުން މަރުވެފައިވާ އޫރުތަކެއް ފެންނަމުން ދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޗައިނާގެ ޝަންހާއީގެ "ހުއާންގްޕޫ ރިވާ" ނަމަކަށް ކިޔާ ކޯރުން މަރުވެފައިވާއޫރު ގިނަ އަދަދަކަށް ފެންނަމުން އެބަދެއެވެ.

ޝަންހާއީގެ އެންމެ ބޮޑު ކޯރު ކަމަށް ވާ މި ކޯރުން މާރޗް 7 ވަނަ ދުވަހު ވަނީ 50 ވަރަކަށް އޫރު ފެނިފައެވެ. ނަމަވެސް މި އަދަދު 10 ވަނަ ދުވަހާއި ހަމައަށް 1000 އަށް ވުރެ މައްޗައް އަރާފައިވާއިރު މިއަދާއި ހަމައަށް 8000 އަށްވުރެ ގިނަ އޫރު ވަނީ ފެނިވައެވެ.

ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި މިހާތަނަށް ކުރި ދިރާސާތަކުން ކޯރުގެ ފެނުގައި "އީ-ކޯލީ ނުވަތަ ހޭންޑް ފުޓް އެންޑް މައުތް ޑިޒީޒް އަދި ހޯގް ކޮލެރާ" ފަދަ އިންސާނުންނަށް ގެއްލުންލިބޭފަދަ އެއްވެސް ވައިރަސްއެއް ފެނިފައިނުވާކަމަށެވެ.

ތަހްލީލްތަކުން ދައްކާގޮތުގައި" ޕޯކައިން ސާރކޮވައިރަސް" ނަމަކަށް ކިޔާ އޫރަށް ބަލިޖައްސާ ޒާތުގެ ވައިރަސްއެއްވަނީ ފެނިފައެވެ. ނަމަވެސް މިއީ އިންސާނުންނަށް އެއްވެސް ގެއްލުމެއް ލިބޭ ވައިރަސް އެއް ނޫން ކަމަށާއި މިކަމާއި ގުޅިގެން އެއްވެސް ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އެއްވެސް ވަރަކަށް ނެތްކަމަށްއެފަރާތުން ހާމަ ކުރެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންދާއިރު "ހުއާންގްޕޫ ރިވާ" އަކީ ޝަންހާއީގައި ބުއިމަށްޓަކައިވެސް ފެން ބޭނުންކުރާ ކޯރަކަށްވާއިރު ކަމާބެހޭ ފަރާތްތަކުން ދަނީ މި ފެން ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަމަށް ހާމަކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.