ރިޕޯޓް 'އޯޕަންއެއާރ' ގިފިލިތައް ނައްތާލަން ޖެހިފައި

'އޯޕަންއެއާރ' ގިފިލިތައް ނައްތާލަން ޖެހިފައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ދާދިފަހުން ހއ ފިއްލަދޫގައި މަތިހިޔާ ނުކުރާ ގިފިލިތަކުގައި ކެމެރާ ހަރުކޮށްގެން ވީޑިއޯކުރަމުންދިޔަ ބަޔަކު އަތުލައިގަތުމުން އެރަށު މީހުންނަށް ކުއްލި ޝޮކެއް ލިބިގެންދިޔައެވެ. ފިއްލަދޫގައި 'ސްޕައި' ކެމެރާ ބޭނުންކޮށްގެން ގިފިލިތަކާއި ކޮޓަރިތަށް ވީޑިއޯކޮށްފައިވަނިކޮން ބަޔަކަށް އެކަން ފަޅާ އެރުމުން މުޅިރަށް ހަމަހިމޭންވިއެވެ. އެއްވެސް މީހަކު 'އެފަދަކަމެއް' ކޮއްފާނެއެކޭ ހިތަށްވެސް ނާރައެވެ. 'ތިމާގެ ވީޑިއޯ'އެއް އުޅެދާނެކަމުގެ ބިރަށެވެ.

ޒަމާނުންސުރެ ރާއްޖޭގެ ގެތަކުގައި ބޭނުންކުރަމުން އަންނަ 'ގިފިލި'، ޒަމާން ބަދަލުވިއިރުވެސް ބައެއް ރަށްތަކުގައި ބަދަލުވެފައިވާތަނެއް ނުފެނެއެވެ. ޒަމާނާއި އެކު ކުށްކުރާ މީހުން އެޑްވާންސްވިއިރު އަދިވެސް ބައެއް ގެތަކުގައި ބޭނުންކުރަނީ މަތި ހިޔާ ނުކުރާ ގިފިލަތެކެވެ. އޭގެ ނަތީޖާ މިހިރަ ފެނިގެންދަނީއެވެ.

ނައިފަރުގައިވެސް މިފަދައިން ގިފިލި ވީޑިއޯ ކުރި މީހަކުވަނީ އަތުލައިގެންފައެވެ. އެހެނަސް އެއީ އެކަކު އެންމެ ގިފިއްޔެއްގެ މަންޒަރުތައް ނަގަމުންދަނިކޮށެވެ. ނަމަވެސް މިފަހަރު އަތުލައިގެންފައި މިވަނީ އެންމެފަހުގެ އާލަތްތައް ބޭނުންކޮށްގެން ގިނަ ބަޔަކު ކުރަމުންދަނިކޮންނެވެ. މިފަދަ އަމަލުތައް ހިނގުމުން އަޅުގަނޑުމެން ރައްޔިތުންވެސް އެކަމަށް ހޭލަން ޖެހޭނެއެވެ. އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެޅެން އޮތް ފިޔަވަޅުތައް އަޅަން ޖެހެއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ރަށްތަކުގައި ހުރި މުސްކުޅި 'ގިފިލި'ތައް މިޒަމާނުގެ ފެންވަރަށް ގެންނަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ދަރިން ފެންވަރާ ހަދާތަނަކީ އާންމުކޮށް ހުޅުވާލެވިފައިވާތަނަކަށް ވާނަމަ އެފަދަ ކުށްތައް ކުރުމަށް އަޅުގަނޑުމެންނަށް އެދެވެނީ 'ރަނުގެ' ފުރުސަތެކެވެ.

އަޅުގަނޑުމެން ދިވެހިންނަކީ ޒަމާނުންސުރެ ހާމަ މުޖުތަމައެއްގައި އުޅެބޮޑުވެފައިވާ ބަޔެކެވެ. ކުރިން ގެތަކުގައި ތަޅުނުލާ އުޅުނަސް މިއަދު ބޮޑު ތަޅު އަޅުވަންޖެހެއެވެ. ކުރިން ދަރިން މަގުތަކުގައި ކުޅެ މަޖާކުރަން ދޫކުރިޔަސް މިއަދު އަޅުގަނޑުމެންގެ ދަރިންނަށް ސަމާލުކަންދޭންޖެހެއެވެ. ހަމައެގޮތަށް އަޅުގަނޑުމެންގެ އިއްޒަތާއި އަބުރު ރައްކާތެރިކުރުމަށް ކުރެވެން އޮތްހާކަމެއް މިއަދު ކުރަން މަޖުބޫރެވެ. ނޫނީ މާދަމާ އިންޓަނެޓުން ނުވަތަ މީހެއްގެ ކޮމްޕިއުޓަރުން ފެންނާނީ ތިބާގެ ދަރީގެ އޮރިޔާން މަންޒަރު ނޫންކަމެއް ނޭނގެއެވެ. އެއީ އެކުއްޖަކު ގޯސްކޮށް އުޅެނިކޮން ނަގާފައިވާ މަންޒަރުތަކަކަށްވިޔަސް ނުވަތަ ކުއްޖާގެ ކުށެއް ނެތި ނަގާފައިވާ މަންޒަރުތަކެއް ވިޔަސް ބަދުނާމުވާންޖެހޭނީ އެކުއްޖަކާއި އެކުއްޖެއްގެ އާއިލާއެކެވެ.

ޓެގް

ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.