ދުނިޔެ ސޫރިޔާގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކެއްގައި 300 މީހުން މަރުވެއްޖެ

ސޫރިޔާގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކެއްގައި 300 މީހުން މަރުވެއްޖެ

ސޫރިޔާގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކެއްގައި 300 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

224924_581229165236017_1123156400_n

ސޫރިޔާގެ ސަރުކާރުން ހަމާގެ ހަލްފަޔާ އަވަށުގެ ބޭކަރީއެއް ކައިރިއަށް ދިން ވައިގެ ހަމަލާތަކެއްގައި 300 އަށްވުރެ ގިނަ މީހުން  މަރުވެފައިވާކަމަށް ރެޕޯޓުތައް ބުނެއެވެ.

މަރުވިމީހުންގެ އަދަދު ރަނގަޅަށް އެނގޭނެގޮތެއް ނެތްކަމަށާއި، މީހުންގެ ހަށިތައް ބިންމަތީގެ އެތަންމިތަނުގައި ވާކަމަށާއި، އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އެކްޓިވިސްޓުން ބުނާގޮތުގައި ހާހަކަށްވުރެ ގިނަ މީހުން އެވަގުތު އެ ބޭކަރީ ކައިރީގައި ކިއުގައި މަޑުކޮށްގެ ތިއްބެވެ.  ތެލާއި ފުށް މަދުވުމުގެ ސަބަބުން ޤައުމުގައި ފުށުން ތައްޔާރުކުރާ ކާތަކެތި ތައްޔާރުކުރުމަށްވެސް ވަނީ ދަތިވެފައެވެ. މިހެންވުމުގެ ސަބަބުން އާންމުން ފުށުގެ ބާވަތްތަކުގެ ކާތަކެތި ގަތުމަށްޓަކައި އެތައް ގަޑިއިރަކު ކިއުގައި މަޑުކުރަން ޖެހެއެވެ.

ސޫރިޔާގެ ހޮސްޕިޓަލްތަކުގެ ރިކޯޑުތައް ދައްކާގޮތުން  އޮގަސްޓުމަހުގެ 16 ވަނަ ދުވަހުވެސް  އެލެއްޕޯގެ ގާޒީ އަސްކަރު އަވަށަށް ސޫރިޔާގެ ސަރުކާރުން ދިން މިފަދަ ހަމަލާއެއްގައި 60 މީހުން މަރުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.