ދުނިޔެ އިނގިރޭސިވިލާތުގައި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ދީނަކީ އިސްލާމްދީން

އިނގިރޭސިވިލާތުގައި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ދީނަކީ އިސްލާމްދީން

އިނގިރޭސިވިލާތުގައި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ދީނަކީ އިސްލާމްދީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

british

އިނގިރޭސިވިލާތުގައި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ދީނަކީ އިސްލާމްދީން ކަމަށް ބްރިޓަންގައި އާންމުކުރި ބޯހިމެނުމުގެ ނަތީޖާއަކުން ދައްކައިދީފިއެވެ.

ބްރިޓަންގައި އާންމުކުރި ބޯހިމެނުމުގެ އައު ނަތީޖާ ދައްކާގޮތުން އިންގްލެންޑު އަދި ވޭލްސްގައި އެންމެ ހަލުވިކަމާއެކީ ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ. ނަޞާރާއިންކަމަށް ބުނާ މީހުންގެ އިންސައްތަ 2001 ވަނަ އަހަރު އޮތް 72 އިންސައްތައިން 59 އިންސައްތައަށް ދަށަށްގޮސްފައިވާ ކަމަށްވެސް މި ބޯހިމެނުމުގެ ނަތީޖާއިން ހާމަކޮށްދީފައިވެއެވެ.

ބޯހިމެނުމުގައި އަދަދު ކުރެވިފައިވާ 56.07 މިލިއަން މީހުންގެ ތެރެއިން 33.24 މިލިއަން މީހުން ވަނީ އެއީ ނަޞާރާއިން ކަމަށް ބުނެފައެވެ. އަދި އަމިއްލައަށް މުސްލިމުން ކަމަށް ހާމަކޮށްފައިވާ މީހުންގެ އަދަދު ދިހަ އަހަރު ފާއިތުވީއިރު 1.5 މިލިއަނުން 2.7 މިލިއަނަން އިތުރުވެފައިވާކަމަށް ނަތީޖާއިން ދައްކައެވެ. މިއީ 3 އިންސައްތައިން 4.8 އިންސައްތައަށް ކުރިއަރައިފައިވާ އަދަދެއްކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ނަސްލީގޮތުންވެސް ކުރިއާ އަޅާކިޔާއިރު ކަޅު ނަސްލުގެ މީހުންނާއި ހުދު ނަސްލުގެ މީހުންގެ އަދަދަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އަދި މި ބޮޑެތި ބަދަލުތައް ދިމާވާން މެދުވެރިވި ސަބަބެއްކަމަށް އޮފިޝަލުން ހާމަކޮށްފައިވަނީ ހިޖްރަކުރުން ކަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.