ދުނިޔެ ލުބުނާންގައި ސުންނީ މުސްލިމުންނާއި އަލަވީންނާއި ދެމެދު ކުރިމަތިލުންތަކެއް

ލުބުނާންގައި ސުންނީ މުސްލިމުންނާއި އަލަވީންނާއި ދެމެދު ކުރިމަތިލުންތަކެއް

ލުބުނާންގައި ސުންނީ މުސްލިމުންނާއި އަލަވީންނާއި ދެމެދު ކުރިމަތިލުންތަކެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލުބުނާންގެ އުތުރގެ އަވަށެއްކަމަށްވާ ޓްރިޕޮލީގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ސްނައިޕާ ބަޑީގެ ހަމަލާ އަމާޒުވެ މަރުވި 11 މީހުންގެތެރޭގައި 13 އަހަރުގެ ކުއްޖަކުވެސް ހިމެނޭކަމަށް ބުރާސްފަތި ދުވަހު ސުކިއުރިޓީ އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ.

އެދުވަހުގެ މި ހަމަލާތަކުގެ ކުރިން އަލަވީންގެ އަވަށެއްކަމަށްވާ ޖަބަލް މުހްސިންއާއި ސުންނީ މުސްލިމުންގެ އަވަށެއްކަމަށްވާ ބާބް އަލް ތައްބާނެއްގައި އިތުރު 3 މީހުން މަރުވެފައިވާކަމަށާއި މަރުވި މީހުންގެ އިތުރުން ލުބުނާންގެ ސިފައިންގެ މީހަކާއި އެކު 20 މީހުން ޒަހަމްވެފައިވާކަމަށްވެސް އޮފިޝަލުން ހާމަކުރެއެވެ. ވޭތުވެދިޔަ ދެތިން ދުވަހު ލުބުނާންގައި ސުންނީ މުސްލިމުންނާއި އަލަވީންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފައިވެއެވެ.

ލުބުނާންގެ ޝިޔަޢީ ޖަމާޢަތެއްކަމަށްވާ ހިޒްބުﷲ އާއި އެއަށް ތާޢީދުކުރާ ފަރާތްތަކުން ބަޝާރުގެ ސަރުކާރަށް ތާޢީދު ކުރިނަމަވެސް ލުބުނާންގެ ސުންނީ މުސްލިމުން ބަޝާރުގެ ސަރުކާރާ ދެކޮޅެވެ. އަދި މި ހަމަނުޖެހުން ތަކަކީ ސޫރިޔާގެ ސަރުކާރަށް ތާޢީދުކުރާ ޝިޔަޢީންނާއި ސުންނީ މުސްލިމުންނާއި ދެމެދު ކުރިއަށްދާ ކުރިމަތިލުންތަކެއްކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.