120 އަހަރުގެ އިންޑިއާ އަންހެނަކު ޙައްޖުވުމަށް ސައުދީ އަރަބިއްޔާއަށް އަތުވެއްޖެކަމަށް ޕާކިސްތާނުގެ 'ޖިއޯ ނިއުސް' އިން ހަބަރު ދީފިއެވެ.
ޖިއޯ ނިއުސް އިން ހާމަކުރާގޮތުގައި އިންޑިއާގެ އަންހެނެއްކަމުގައިވާ މުންނާ ބޭގަމް ހައްޖު ވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ އަންހެން މީހާއަކީ 1890 ވަނަ އަހަރު އިންޑިއާގެ ޖައިޕޫރު/ރާޖަސްތާން ސަރަހައްދަށް އުފަން މީހެއްކަމަށެވެ. ހަބަރުތައް ބުނާގޮތުގައި މިއަންހެން މީހާ ސަލާމަތް ސިއްހަތެއްގައި ވުމުގެ ސަބަބުން ޖައިޕޫރު ހައްޖު ކޮމެޓީއިން ހާއްސަ ހުއްދައެއް ދީފައިވާކަމަށާއި އޭނާ ޙައްޖަށް ދިއުމުގައި އުމުރު އެކަމަށް ހުރަސް ނާޅާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
މުންނާ ބޭގަމް ހައްޖުވުމަށް ތައްޔާރުވަމުން ދާއިރު އޭނާގެ ފިރިމީހާ ހަބީބު މިޔަން ވެސް ވަނީ 134 އަހަރުގައި ހައްޖެއް ވެފައެވެ. އެއީ 2004 ވަނަ އަހަރުގައެވެ. މިހާރު ހަބީބު ވަނީ ނިޔާވެފައެވެ. ހަބީބު ނިޔާވީ 138 އަހަރުގައެވެ.
މިއަންހެން މީހާ ޙައްޖު ފުރިހަމަ ކޮށްފިނަމަ މީނާ ވާނީ ފަހުގެ ތާރީހުގައި އެންމެ ދުވަސްވީ ހައްޖުވެރިޔާ ކަމުގައިކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...