ދުނިޔެ ސޫރިޔާގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ތައްޔާރުވަނީ

ސޫރިޔާގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ތައްޔާރުވަނީ

ސޫރިޔާގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ތައްޔާރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ އަސްކަރިއްޔާއިން ނުރައްކާތެރި ސެރިން ގޭސް ތައްޔާރުކުރުމަށް ބޭނުންވާ ކެމިކަލްތައް ވައިގެ މަގުން އަޅާ ބޮންތަކަށް އަޅައިފައިވާކަމަށާއި، އަދި ރައީސް ބަޝާރަލް އައްސަދުގެ އަމުރަށް އިންތިޒާރުކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ އޮފިޝަލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި މި ކެމިކަލް ތައް އެޅިފައިވާ ބޮންތައް ސޫރިޔާގެ ރައްޔިތުންނަށް ހަނގުރާމަ މަތީ ޖެޓްތަކުން އަޅުމަކީ އެކަށީގެންވާކަމަކެވެ.

ސެރިން ގޭސް ތައްޔާރުކުރުމަށް ބޭނުންވާ ކެމިކަލްތައް އެއްކުރަން ފަށައިފައިވާކަމަށް އެމެރިކާގެ އޮފިޝަލުން އަންގާރަދުވަހު ބޭރުގެ މީޑިއާއަކަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އިޒުރޭލާއި، ޖޯޑަން އަދި ލުބުނާންއާއި ތުރުކީގެ އިންޓޭލިޖްނސްތަކުން ކުރިއަށް އަޅާނެ ފިޔަވަޅެއް ނިންމުމަށް އެމެރިކާއާއި ވަރަށް ކައިރިން ގުޅުން ބާއްވަމުން ގެނދާކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

1988 ވަނަ އަހަރު ސައްދާމު ހުސެއިން ސެރިން ގޭސްއެޅުމުގެ ސަބަބުން 5000 އަކަށް ކުރުދީން މަރުވެފައިވާކަމަށްވެއެވެ. ސޫރިޔާގެ ހަމަނުޖެހުން ތަކަށް 21 މަސްދުވަސް ފުރުމާއި ގާތްވެފައިވާއިރު މިހާތަނަށް 41000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.