ސޫދާން ގެ ދަރފޫރުގައި މިދިޔަ 3 މަހު ރީނދޫ ހުން ޖެހިގެން 164 މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ، ޑަބްލިއު އެޗް އޯ އިން ހޯމަ ދުވަހު ހާމަކޮށްފިއެވެ.
ސޫދާންގެ ސިއްހަތާ ބެހޭ މިނިސްޓްރީ އާއި ޑަބްލިއު އެޗް އޯ ގުޅިގން ނެރުނު ބަޔާނެއްގައި ވާގޮތުން ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 29 އާއި ހަމައަށް ރީނދޫ ހުން ކަމަށް ޝައްކުކުރެވޭ 677 މީހުން ފާހަގަކުރެވިފައިވާ ކަމަށާއި އަދި މީގެ ތެރޭގައި 164 މަރުވެސް ހިމެނޭކަމަށްވެއެވެ. ރީނދޫ ހުންޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ 15 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންކަމަށާއި، އަދި ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބަޔަކީ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މީހުންކަން މި ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މި ބައްޔަކީ އެކަށީގެންވާ ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ. ނަމަވެސް މި ބައްޔަށް 3.6 މިލިއަނެއްހާ މީހުންނަށް މިދިޔަ މަހު ވެކްސިން ދީފައިވާނޭ ކަމަށް ޑަބްލިއު އެޗް އޯ އިން ބުނެއެވެ. އަދި ހޯމަ ދުވަހުގެ ބަޔާނުގައި ބުނަނީ އަމާޒުކުރެވިފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް އައި އިރު ވެކްސިން ދެވިފައިވާކަމަށެވެ.

















advertisment
ޚިޔާލު