ދުނިޔެ އުރުދުގާންއާއި ޕުޓިން ހޯމަ ދުވަހު ބައްދަލުކުރަނީ

އުރުދުގާންއާއި ޕުޓިން ހޯމަ ދުވަހު ބައްދަލުކުރަނީ

އުރުދުގާންއާއި ޕުޓިން ހޯމަ ދުވަހު ބައްދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ މައްސަލައިގައި ދެފަރާތުގެ ތަފާތާއި ބެހޭގޮތުން މަޝަވަރާކުރުމަށް ޓަކައި ރަޝިޔާގެ ރައީސް ޕުޓިން ތުރުކީގެ ބޮޑުވަޒީރު އުރުދުގާންއާއި ހޯމަދުވަހު އިސްތަންބުލްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ރަޝިޔާ އަދި ތުރުކީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މިދަތުރު ވާނީ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ތަޖިކިސްތާން އަށް ޒިޔާރަތްކުރިފަހުން ރަޝިޔާއިން ބޭރަށް ދަތުރުކުރާ ފުރަތަމަ ފަހަރަށެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މައްސަލަތަކަށް އަލި އަޅުވާލާނެކަމަށް ރަޝިޔާގެ އޮފިޝަލުން ހާމަކުރެއެވެ. މީގެތެރޭގައި ސޫރިޔާގެ މައްސަލައާއި، ގައްޒާގެ މައްސަލަވެސް ހިމެނެއެވެ.

40000 އަށްވުރެ ގިނަ މީހުން މަރުވެ ގޮސްފައިވާ ސޫރިޔާގެ ހަމަނުޖެހުން ތަކާއި މެދު ރަޝިޔާއާއި ތުރުކީ އަކީ ވަރަށް ބޮޑަށް ހިޔާލުތަފާތު ދެޤައުމުކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.