އަރަބިދުނިޔެދުނިޔެ

ރައީސް މަހްމޫދު އައްބާސްއާއި ޖޯޑަންގެ ރަސްގެފާނު ބައްދަލުކުރައްވައިފި

މިދިޔަ ހަފްތާ ފަލަސްތީނުން އ.ދ އަށް ކުރި ޒިޔާރަތަށްފަހު އަންމާންގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ އާއި އާދީއްތަދުވަހު ބައްދަލުކުރައްވައިފިއެވެ.

އައްބާސްއާއި ރަސްގެފާނު ޢަބްދުﷲ އާއި ބައްދަލުކުރެއްވުމަށްފަހު އައްބާސް ރިޕޯޓަރުންނަށް މަޢުލޫމާތު ދީފައިވާގޮތުގައި މަޝްވަރާކުރެވުނީ ފަލަސްތީނު އ.ދ އިން ބަލައިގަންނަ ދައުލަތަކަށް ހެދުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކާއި ބެހޭގޮތުންނާއި ކުރިއަށް އަޅާނެ ފިޔަވަޅަކައި ބެހޭގޮތުންނެވެ.

އ.ދ ގައި ފަލަސްތީނުގެ ދަރަޖަ މަތިވެގެން ދިއުމަށްފަހު އައްބާސް ފަލަސްތީނުގެ އެސްޓުބޭންކަށް އާދީއްތަދުވަހު އެނބުރި ގޮސް އުފާ ފާޅުކޮށްފައިވެއެވެ. އަދި މި ކުރިއެރުން އައްބާސް ސިފަ ކުރއްވާފައިވަނީ އ.ދ ގައި ފަލަސްތީނަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައެވެ.

އ.ދ ގައި ފަލަސްތީނަށް ލިބުނު ކުރިއެރުމުގެ ސަބަބުން ފަލަސްތީނަށް ތަފާތު ބައިނަލްއަޤްވާމީ މުއައްސަސާތަކެއް އަތްފޯރާފަށަށް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *