އިންޓަރނެޓްގެ ހިދުމަތް މެދުކެނޑުމަށް ފަހު ހޮނިހިރުދުވަހުގެ މެންދުރު ފަހު އިންޓަރނެޓްގެ ހިދުމަތް ލިބިފައިވާކަމަށް ދިމިޝްޤުގެ ރައްޔިތުން ހާމަކޮށްފިއެވެ.
ދިމިޝްޤުގެ އުތުރުގައި ހުކުރު ދުވަހު ސަރުކާރުގެ ސިފައިންނާޢި އިދިކޮޅުފަރާތްތަކާއި ކުރިމަތިލުން ތަކެއް ހިނގައިފައިވެއެވެ. އަދި އިންޓަރނެޓްގެ ހިދުމަތާއި ގިނަ ޓެލެފޯނު ލައިންތަކުގެ ހިދުމަތް ދެވަނަ ދުވަހަކަށްވެސް މެދު ކެނޑިފައި އޮތެވެ. ނަމަވެސް ސަރުކާރުން ވެރިރަށުގެ ވައިގެ ބަނދަރަށް ދާން އޮންނަ މަގު ހުޅުވުމަކީ ހަމަލާ ބަދަލުކުރެވުން މަޑުޖެހުނު ކަމުގެ ނިޝާނެއްކަމުގައި އެކްޓިވިސްޓުން ބުނެއެވެ.
އިންޓަރނެޓްގެ ހިދުމަތް ބުރާސްފަތި ދުވަހު ކަނޑާލީ އައްސަދުގެ ސަރުކާރުން ކަމަށް އެކްޓިވިސްޓުން ތުހުމަތު ކުރާއިރު، ސަރުކާރުން މިކަމަށް އިނގިލި ދިއްކުރަނީ އިދިކޮޅު ފަރާތްތަކަށްކަން ފާހަގަކޮށްލެވެއެވެ.
ޤައުމުން އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލައިފައިވާތީ އެކަމުގެ ރައްދެއްގެ ގޮތުން ހުކުރު ދުވަހު ހެކިން ނެޓްވޯކެއް ކަމަށްވާ އެނޮނީމަސް އިން ބުނެފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ސޫރިޔާގެ ސަރުކާރުގެ ވެބްސައިޓުތައް ޑައުން ކޮށްލާނެކަމަށެވެ.
20 ސަކަށް މަސްދުވަސްވީ ސޫރިޔާގެ ހަމަނުޖެހުން ތަކުގައި މީގެ ކުރިންވެސް އިދިކޮޅުފަރާތްތަކަށް މުއާސަލާތު ނުކުރެވޭ ގޮތް ހެދުމުގެ ގޮތުން ޓެލެފޯނާއި އިންޓަރނެޓުގެ ހިދުމަތް ކަނޑާލައިފައިވާ ކަމުގެ ތުހުމަތު ސޫރިޔާގެ ސަރުކާރިގެ ބޮލުގައި އެޅުވައިފައިވާކަން ފާހަގަކޮށްލެވެއެވެ.

















advertisment
ޚިޔާލު