ދުނިޔެ ސުލްހަ' ނުވަތަ 'ކަނޑި' އިޚްތިޔާރުކުރުމަށް ނެތަންޔަހޫ ހަމާސްގެ ލީޑަރުންނަށް ގޮވާލައިފި

ސުލްހަ' ނުވަތަ 'ކަނޑި' އިޚްތިޔާރުކުރުމަށް ނެތަންޔަހޫ ހަމާސްގެ ލީޑަރުންނަށް ގޮވާލައިފި

ސުލްހަ' ނުވަތަ 'ކަނޑި' އިޚްތިޔާރުކުރުމަށް ނެތަންޔަހޫ ހަމާސްގެ ލީޑަރުންނަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

'ސުލްހަ' ނުވަތަ 'ކަނޑި' އިޚްތިޔާރުކުރުމަށް އިޒުރޭލުގެ ޕްރައިމް މިނިސްޓަރު ނެތަންޔަހޫ ހަމާސްގެ ލީޑަރުންނަށް އަންގާރަދުވަހު ގޮވާލައިފިއެވެ.

ހަމަލާ ބަދަލުކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ހަމާސްއިން އެއްބަސްވުމެއް އަނގާރަދުވަހު ކައިރޯގައި އިޢުލާންކުރާނެކަން ހާމަކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، އިޒުރޭލާއިއެކު ސުލްހައިގައި އުޅުމަށް ބޭނުންވާ އަވަށްޓެރިންނަށް އެމީހުންގެ އަތް ސުލްހައިން ތަނަވަސްވެގެންވާކަމަށް ނެތަންޔަހޫބުނެފައިވެއެވެ. އަދި "އަހަރަމެން މި ޤައުމުން ލުހެލުމަށް އެދޭ މީހުންނާއި ދެކޮޅަށް އަނެއް އަތް އޮތީ ދާވޫދުގެ ފާނުގެ ކަނޑިކޮޅުގައި ބާރަށް ހިފަހައްޓައިގެން" ކަމަށްވެސް އޭނާ ބުންޏެވެ.

އިޒުރޭލުގެ ރައްޔިތުންނަށް އަމާޒުކޮށް ފޮނުވާފައިވާ އެތައްހާސް މިސައިލަކާއި ރޮކެޓްތަކެއް ވާނީ މިހާރުވެސް ހަލާކުކޮށްލާފައިކަމަށާއި އޭގެތެރޭގައި ދުރު ރާސްތާގެ ގިނަ މިސައިލްތައްވެސް ހިމެނޭކަމަށް ނެތަންޔަހޫ ބުނެފައިވެއެވެ. އަދި މީގެ އިތުރުން އިޒުރޭލުން މިހާރުވެސް ހަމާސް އާއި އިސްލާމިކް ޖިހާދު އަދި އެހެނިހެން 'ޓެރަރ ގްރޫޕް' ތަކަށް ހަމަލާ ދެމުން ގެންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އ.ދ  އިން ގާޒާގެ މައްސަލައަށް ހައްލެއް ގެނައުމަށް ނުކުޅެދިފައިވާތީ ފަލަސްތީނުން އަދި ބައެއް އަރަބި ޑިޕްލޮމެޓުންގެ ފާޑުކިޔުންވެސް ވަނީ އ.ދ އަށް އަމާޒުވެފައިކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.