ދުނިޔެ އިޒުރޭލަކީ މައުސޫމު ކުޑަކުދިންގެ ޤަތުލް އާންމު ހިންގާ "ޓެރަރިސްޓު ދަޢުލަތެއް" : އުރުދުގާން

އިޒުރޭލަކީ މައުސޫމު ކުޑަކުދިންގެ ޤަތުލް އާންމު ހިންގާ "ޓެރަރިސްޓު ދަޢުލަތެއް" : އުރުދުގާން

އިޒުރޭލަކީ މައުސޫމު ކުޑަކުދިންގެ ޤަތުލް އާންމު ހިންގާ "ޓެރަރިސްޓު ދަޢުލަތެއް" : އުރުދުގާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒުރޭލަކީ މައުސޫމު ކުޑަކުދިންގެ ޤަތުލް އާންމު ހިންގާ "ޓެރަރިސްޓު ދަޢލަތެއް" ކަމަށް ތުރުކީގެ ޕްރައިމް މިނިސްޓަރ އުރުދުގާން ވިދާޅުވެއްޖެއެވެ.

އިޒުރޭލުން ގާޒާއަށް ދެމުން ގެންދާ ނުރައްކާތެރި ވައިގެ ހަމަލާތަކަށް ފިޔަވަޅެއް އެޅުމަށް އ.ދ.އިން ނުކުޅެދީފައިވާކަމަށްވެސް އުރުދުގާން ވަނީ ހޯމަ ދުވަހު އ.ދ. އަށް ފާޑު ކިޔަމުން ވިދާޅުވެފައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ގެއްލުން ލިބެމުންދާ މުސްލިމުންނަށް އ.ދ ގެ ސެކިއުރިޓީ ކައުންސިލުން ބަލަނީ ކަނު ލޮލަކުން ކަމަށް ވިދާޅުވެ، ގާޒާއަށް އިޒުރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އިޚްލާސްތެރި ފިޔަވަޅެއް އެޅުމަށްވެސް އެބޭފުޅާ ވަނީ ގޮވާލާފައެވެ.

އިޒުރޭލުން ބާރުގެ ބޭނުންކޮށްގެން އަނިޔާވެރިކަމާއެކު ގާޒާގެ ކުޑަކުދިންގެ ޤަތުލް އާންމެއް ހިންގަމުން ދާއިރު ބައިނަލް އަޤްވާމީ ފަރާތްތަކުން ތިބީ ބަލަން ކަމަށް މުސްލިމް ޤައުމުތަކުގެ ދީނީ ލީޑަރުންނާއިއެކު އިސްތަންބުލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވެފައިވެއެވެ.

އުރުދުގާން އަކީ އ.ދ އަށް ފާޅުގައި އެތައްފަހަރަކު ފާޑު ކިޔުއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން އ.ދ އަކީ އިތުބާރުކުރެވޭ ބައެއް ނޫން ކަމުގައިވެސް  ވިދާޅުވެފައިވެއެވެ. އަދި 7 ބިލިއަން މީހުންގެ މުސްތަޤްބަލު ބިނާވެފައިވަނީ 5 ޤައުމުގެ ލީޑަރުންގެ ބަހުގެ މައްޗަށް ކަމަށްވެސް އ.ދ އަށް ފާޑުކިޔުމުގެ ގޮތުން އެބޭފުޅާ ވިދާޅުވެފައިވއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.