ދުނިޔެ ސޫރިޔާގެ މުޖާހިދުން ”ސީރިއަން ނޭޝަނަލް ކޯލިޝަން“ އަށް އިންކާރުކޮށްފި

ސޫރިޔާގެ މުޖާހިދުން ”ސީރިއަން ނޭޝަނަލް ކޯލިޝަން“ އަށް އިންކާރުކޮށްފި

ސޫރިޔާގެ މުޖާހިދުން ”ސީރިއަން ނޭޝަނަލް ކޯލިޝަން“ އަށް އިންކާރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެލެއްޕޯގައި ހަރަކާތްތެރިވާ ސޫރިޔާގެ މުޖާހިދުންގެ ބޮޑެތި ޖަމާޢަތްތަކުން ”ސީރިއަން ނޭޝަނަލް ކޯލިޝަން“ އަށް އިންކާރުކޮށްފިއެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ އިސްލާމީ ޖަމާޢަތްތަކުން އޮންލައިން ކޮށް ޕޯށްޓުކުރެވިފައިވާ ވީޑިއޯ އެއްގައި ހާމަކޮށްފައިވާގޮތުގައި އެ ފަރާތްތަކުގެ އިއްތިފާގުން ”ސީރިއަން ނޭޝަނަލް ކޯލިޝަން“ އަށް އިންކާރުއެވެ. އަދި މި ޖަމާޢަތްތަކުން އިސްލާމީ ދަޢުލަތެއް ޤާއިމުކުރުމަށްވެސް އިއްތިފާގު ވާކަމަށް އެ ޖަމާޢަތްތަކުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވަނީ އިޢުލާންކޮށްފައެވެ. އަދި މީގެ އިތުރުން އެ ފަރާތްތަކުގެ މައްޗަށް ބާރުހިންގުމަށް އެއްވެސް ޖަމާޢަތަކުން ހަދާ ބޭރުގެ ކޯލިޝަންތައް ނުވަތަ ކައުންސިލް ތަކަށްވެސް އިންކާރުކުރާކަން ވަނީ އިޢުލާންކޮށްފައެވެ.

މި ޖަމާޢަތްތަކުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ”ސީރިއަން ނޭޝަނަލް ކޯލިޝަން“ އަށް އިންކާރުކުރާ 14 ވަރަކަށް ޖަމާޢަތުގެ ނަން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ޖަހްބަތުއް-ނުޞްރާ، އަހްރާރް އައްޝާމް އަދި ލިވާ އައް-ތަވްޙީދުވެސް ހިމެނެއެވެ. ނަމަވެސް ފްރީ ސީރިއަން އާރމީގެ ގެ ލީޑަރ ވިދާޅުވެފައިވަނީ އެއީ ހުރިހާ ޖަމާޢަތްތަކުގެ ވިސްނުން ހުރި ގޮތް ނޫންކަމުގައެވެ.

ބޭރުގެ ފަރާތްތަކުން ސޫރިޔާގެ ޤައުމީ ކޯލިޝަންއެއް ހަދާފައިއެވަނީ ހަމަނުޖެހުންތަކަށް 20ސަކަށް މަސްދުވަސްވެ، 39000 އަށްވުރެ ގިނަ މީހުން ހަމަނުޖެހުންތަކުގައި ދުނިޔެ ދޫކޮށްފައިވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.