ދުނިޔެ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދެމުންދާތީ އިރާނުން އިންޒާރުދީފި

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދެމުންދާތީ އިރާނުން އިންޒާރުދީފި

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދެމުންދާތީ އިރާނުން އިންޒާރުދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރަހައްދީ ހަމަނުޖެހުމަށް ބުރުއަރާ، 'ޓެރަރިޒަމްގެ އަށް އޮތް ބިރު' އިތުރުވެގެންދާނެކަމަށް ބުނެ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ބައެއްފަރާތްތަކުން ހަތިޔާރު ފޯރުކޮށްދެމުންދާތީ އެކަމާދެކޮޅަށް އީރާނުން ވަނީ އާދީއްތަ ދުވަހު އިންޒާރުދީފައެވެ.

ސޫރިޔާއަށް ހަތިޔާރު އެތެރެކުރުން ވަރަށް ބޮޑަށް މަނާކުރެވިފައި އޮތްއޮތުން ބަދަލުކުރުމާއިމެދު މަޝްވަރާކުރުމަށް އޯޔޫގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބްރުސެލްގައި ހޯމަދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފްރާންސުންވެސް ވަނީ ސޫރިޔާގެ އިދިކޮޅު ފަރާތަށް 'ދިފާއީ' ހަތިޔާރު ފޮނުވުމަށް ތާޢީދު ކޮށްފައެވެ.

އެގޮތަށް ހަތިޔާރު ފޯރުކޮށްދިނުމަކީ މިނިވަން ޤައުމެއްގެ ކަންތައްތަކުގެ ތެރެއަށް ސާފުކޮށް  ވަދެގަތުން ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ޢަލީ އަކްބަރ ޞާލިހީ ވަނީ ސިފަކޮށްފައެވެ.

އީރާނުގެ އިތުރުން ބަޝާރު އަލް އައްސަދުގެ ސަރުކާރަށް ތާޢީދުކުރާ ރަޝިޔާއިންވެސް ވަނީ އިދިކޮޅު ކޯލިޝަންއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ބައިނަލް އަޤްވާމީ ޤާނޫނާއި 'ވަރަށް ބޮޑަށް' ޚިލާފުވާނޭކަމެއް ކަމުގައި ސިފަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.