ޝެއިޚް އަބޫ ޤަތަދާ ގޭބަންދަށް ދޫކޮށްލުމުން އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓަރު ޑޭވިޑް ކެމެރޮން ނުރުހުން ފާޅުކޮށްފިއެވެ. ޑޭވިޑް ކެމެރޮން ވަނީ އިޓަލީއަށް ކުރި ދަތުރެއްގައި ޝެއިޚް އަބޫ ޤަތަދާ އަދިވެސް އިނގިރޭސިވިލާތުގައި ހުރީތީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ޝެއިޚް އަބޫ ޤަތަދާއަށް ނިސްބަތްކޮށް ކެމެރޮން ބުނެފައިވަނީ (މާނަ) "އޭނާއަކަށް މި ޤައުމުގައި ހުރުމުގެ ހައްގެއް ނެއް، އަހަރަމެން ޤަބޫލުކުރާގޮތުގައި އޭނާއަކީ އަހަރަމެންގެ ޤައުމަށް ހުރި ނުރައްކަލެއް" ކަމަށެވެ. ޑޭވިޑް ކެމެރޮން މިހެން ބުނި ކަމުގައި ވިނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އިނގިރޭސިވިލާތުގެ ޖުޑިޝަރީގެ ނިންމުމަށް އިޚުތިރާމުކުރަން ޖެހޭނެކަމުގައިއެވެ. އަދި ރަމަޟާން ފައުންޑޭޝަންގެ މުޙަންމަދު ޝަފީޤު ވިދާޅުވަނީ ސިޔާސީ ފަރާތްތަކާއި މީޑިއާއިން މައިތިރިވާން ޖެހޭނެކަމަށެވެ.
ޝެއިޚް އަބޫ ޤަތަދާ މިހާރު ވަނީ ގޭބަންދަށް ދޫކޮށްލެވިފައެވެ. ނަމަވެސް ޝެއިޚް އަބޫ ޤަތަދާ ގޭބަންދަށް ދޫކޮށްކެވިފައިވަނީ ވަރަށް ހަރުކަށި ޝަރުތުތަކަކާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ. ޖޯރޑަންގައި 1999 ވަނަ އަހަރު ޝެއިޚްގެ ޣައިރު ހާޒިރުގައި ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާ ޝެއިޚްގެ ބޮލުގައި އަޅުވާފައެވެ. ޝެއިޚް އަކީ ފަލަސްތީނުގެ ބޭނުފެޅެކެވެ. އަދި އެއް އިރަކު ޔޫރަޕުގައި ހުންނަ ، އުސާމާ ބިން ލާދިންގެ ކަނާއަތް ކަމުގައިވެސް ބެލެވިފައިވެއެވެ.
. ..

ކޮމެންޓް (0)
ލޯޑް ކުރަމުން...