ދުނިޔެ އަލް ޤައިދާގެ ލީޑަރަކީ ތައުރީފުކުރެވެންޖެހޭނެ ފަރާތެއްކަމަށް މިޞްރުގެ އިސްލާމީ ލީޑަރަކު ވިދާޅުވެއްޖެ

އަލް ޤައިދާގެ ލީޑަރަކީ ތައުރީފުކުރެވެންޖެހޭނެ ފަރާތެއްކަމަށް މިޞްރުގެ އިސްލާމީ ލީޑަރަކު ވިދާޅުވެއްޖެ

އަލް ޤައިދާގެ ލީޑަރަކީ ތައުރީފުކުރެވެންޖެހޭނެ ފަރާތެއްކަމަށް މިޞްރުގެ އިސްލާމީ ލީޑަރަކު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ އިސްލާމީ ލީޑަރެއް ކަމަށްވާ ރިފާއީ ޠާހާ، އަލް ޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީއަކީ ތަޢުރީފުކުރެވެން ޖެހޭނެ ބޭފުޅެއްކަމަށާއި އެބޭފުޅާއަށް އެނބުރި މިޞްރަށް އާދެވޭނެގޮތް ހަދައިދެއްވުމަށްއެދި ރައީސް މުރުސީއަށް ގޮވާލައިފިއެވެ.

ޠާހާ 'އަލް ހަޔާތު' އަށް ދެއްވި އިންޓަރވިއުއެއްގައި އަލް ޤައިދާގެ ކުރީގެ ލީޑަރ އުސާމާ ބިން ލާދިން އާއި ދެމެދު އޮންނަ ގުޅުމަށް ވަނީ އަލި އަޅުވާލާފައެވެ. ޠާހާ ވިދާޅުވިގޮތުގައި ސަޢުދީ އަދި ޔަމަންގައި ތިބި އެމެރިކާނުންނަށް ހަމަލާދިނުމަށް ބިން ލާދިން ދެކޮޅުހެއްދެވިއެވެ. އަދި ޖަމާޢަތް އިސްލާމިއްޔާގެ އަމީރު ޑރ.ޢުމަރު ޢަބްދުއްރަޙްމާން ނެރުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއަށް ހަމަލާދިނުމަށް ތައްޔާރުވަމުން ދިޔައިރު އުސާމާ ބިން ލާދިން، އޭނާގެ ބައެއް އަޚުން ގާތުގައި (އޭގެ ތެރޭގައި ޠާހާވެސް ހިމެނޭ) ސަޢުދީ، ޔަމަން އަދި އަރަބި ޤައުމުތަކުގެ އަމާންކަމާއި ހަމަ ޖެހުން ދެމެހެއްޓުމަކީ އިސްލާމްދީނަށާއި، އެމެރިކާއާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ޒާތަށް ހިދުމަތް ކުރުން ކަމުގައި ވިދާޅުވިކަމަށް ޠާހާ ވިދާޅުވިއެވެ. ޠާހާ ޤަބޫލުކުރައްވާ ގޮތުގައި އަލް ޤައިދާގެ މެންބަރުންނަކީ  'މުޖާހިދުން'ނެވެ.

 މިހާރު މިޞްރުއޮތް ހާލަތުގައި އަސްކަރީ ގޮތުން ހަރަކާތްތެރިވުމާ ޠާހާ ދެކޮޅުހެއްދެވިއެވެ. އަދި ސިނާއީގައި ހިނގައި ދިޔަ ކަންތައްތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ޠާހާ، ޝަރީޢަތާއި ދެކޮޅު ހަދާ ލިބެރަލުން ދެ ބަޔަކަށް ބަހާލިއެވެ. އަދި އެތަނުން އެއްބަޔަކީ އެއީ ކޯއްޗެއްކަން ނޭނގި އެއާ ދެކޮޅު ހަދާ މީހުންކަމަށާއި އެމީހުނަށް ޝަރީޢަތަކީ ކޯއްޗެއްކަން އުނގަންނައި ދިނުމުގެ ޒިންމާ އޮތްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.  އަދި މިޞްރާއި އިޒްރާއީލާއި ދެމެދު އޮންނަ ގުޅުމަށްވެސް ފާޑުކިޔުއްވައިފައިވެއެވެ.

ޠާހާ އަކީ 'އަފްގާން ޖިހާދު' ގެ ދުވަސްވަރު އަފްގާނަށްވެސް ދަތުރުކުރި ބޭފުޅެކެވެ. މީގެ އިތުރުން ޔަމަން އާއި ސޫދާން އަދި އެހެނިހެން ޤައުމުތަކަށްވެސް ދަތުރުކޮށްފައިވެއެވެ. އަދި އެއީ ޖާމާއަތް އިސްލާމިއްޔާގެ ފައުންޑަރ މެންބަރެކެވެ. އަދި އެ ޖަމާޢަތުގެ އަސްކަރީފިޔައިގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމުގެ އިތުރުން ޝޫރާ ކައުންސިލްގައިވެސް އަހަރު ތަކެއްގައި އުޅުއްވި ބޭފުޅެކެވެ. ނަމަވެސް އެ ޖަމާޢަތުގެ އާ މެނިފެސްޓޯއަށް ޠާހާ ވަނީ ދެކޮޅުހަދާފައެވެ. އަދި ޝޫރާ ކައުންސިލުގެ ރައީސްކަމުންވެސް ވަނީ މިހާރު އިސްތިއުފާދެއްވައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.