ސްފިންކްސް އަދި ޖީޒާ ޕިރަމިޑްތަށް ނައްތާލުމަށް މިޞްރުގެ އިސްލާމީ ލީޑަރަކު ގޮވާލައިފިއެވެ. މިޞްރުގައިވާ މި ފަދަ ސްފިންކްސް އަދި ޕީރަމިޑްތަށް ނައްތާލުމަށް ގޮވާލައިފައިވަނީ މިޞްރުގެ އިސްލާމީ ލީޑަރެއްކަމަށްވާ ޝެއިޚް މަރޖާން ސާލިމެވެ.
މާތް ﷲ އެކަލާނގެ ރަސޫލާ މުޙަންމަދު (ޞައްލަﷲ ޢަލައިހި ވަޞައްލަމް) އަށް ބުދުތަށް ހަލާކުރެއްވުމަށް އަމުރުކުރައްވަވާއިފައިކަމަށް މަރޖާން ވިދާޅުވިއެވެ. އަދި މަރޖާން އަފްގާނިސްތާންގައި އުޅުނު ދުވަސްވަރު އެބޭފުޅުން ބުއްދާ ހަލާކުކޮށްލައިފައިވާނޭކަމާއި، އެއީ ސަރުކާރުން ކުރަން ނުކުޅެދިފައި އޮތް ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތުނީސިޔާގެ އަންނަހްދާ ޕާރޓީގެ ނައިބު ރައީސް މަރޖާންއަށް ރައްދުދެމުން ބުނެފައިވަނީ އަމްރު ބިން އަލް އާސް މިޞްރު ފަތަޙަ ކުރެއްވި އިރު އެ ބިނާތަށް ހަލާކު ނުކުރައްވަވާކަމަށެވެ. އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަޞައްލަމް) ބުދުތައް ހަލާކު ކުރެއްވެވީ އެތަކެއްޗަށް މީހުން އަޅުކަން ކުރާތީކަމަށާއި، އެކަމަކު ސްފިންކްސްއަށާއި ޕިރަމިޑްތަކަށް އަޅުކަން ނުކުރާ ކަމަށެވެ.
މަރޖާން މިފަދަ ތަކެތި ނައްތާލުމަށް ގޮވާލައިފައިވަނީ ތަހްރީރު އަކައިގައި އެތަކެއް މުސްލިމުންނެއް އިސްލާމީ ޝަރީޢަތަށް ނުވަތަ އިސްލާމީވެރިކަމަށް ގޮވާލާ ބޮޑު މުޒާހަރާއެއްކޮށް އަޑުއުފުލައިފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...