ދުނިޔެ ބަނގްލަދޭޝް ގެ ފުލުހުން ރޮހިންގްޔާގެ 5 މުސްލިމުން ހައްޔަރުކޮށްފި

ބަނގްލަދޭޝް ގެ ފުލުހުން ރޮހިންގްޔާގެ 5 މުސްލިމުން ހައްޔަރުކޮށްފި

ބަނގްލަދޭޝް ގެ ފުލުހުން ރޮހިންގްޔާގެ 5 މުސްލިމުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ބަނގްލަދޭޝް ގެ ފުލުހުން ރޮހިންގްޔާގެ 5 މުސްލިމުން ހައްޔަރުކޮށްފިއެވެ. މި 5 މީހުން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ދެކުނު އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންނެވެ. މިއީ މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ޓަކައި މިޔަންމާއިން ނިކުމެގެން ދިޔަ މީހުންކަން ފާހަގަކޮށްލެވެއެވެ.

ހައްޔަރުކުރެވުނު 25  އަހަރާއި 45 އަހަރާއި ދެމެދުގެ ފިރިހެނުން ހައްޔަރުކުރެވިފައިވަނީ ޤަވައިދާ ޚިލާފަށް އެ ޤައުމަށް ވަނުމުންކަމަށް ސަތުކާނިޔާގެ ފުލުހުން ހާމަކުރެއެވެ. މިގޮތަށް މިދިޔަ މަހުވެސް ރޮހިނގްޔާގެ 29 މީހުން ހައްޔަރުކުރެވިފައިވާކަމަށް އެފަރާތުން  ހާމަކޮށްފައިވެއެވެ.ސަރަހައްދީ ރޮނގު ބަލަހައްޓާ ގާރޑުން އާދީއްތަ ދުވަހު ހާމަކޮށްފައިވާގޮތުގައި ކޯރުހުރަސްކޮށް ނުވަތަ ބިމުގެ ސަރަހައްދީ ރޮނގުތައް ހުރަސްކޮށް ބަނގްލަދޭޝް އަށް ވަންނަން މަސައްކަތްކުރި މަދުވެގެން ރޮހިންގްޔާގެ 800 މީހުން ވަނީ މިދިޔަ މަދު ހަފްތާތަކުގެ ތެރޭގައި އަނބުރާ ފޮނުވާލެވިފައެވެ.

މިޔަންމާގެ ހުޅަނގުގައި ޖޫންމަހު ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު ބަނގްލަދޭޝްގެ ކޯރު ޕޭޓްރޯލް ކުރާ ޓީމުތަކުން ވަނީ މަދުވެގެން 16 ބޯޓު އަނބުރާ ފޮނުވާލާފައެވެ. އަދި މީގެ ތެރޭގައި ގިނައީ އަނހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.