ދުނިޔެ މިޞްރުގެ އެތައް ހާސް ބަޔަކު އިސްލާމީ ވެރިކަމަކަށް ގޮވާލާ މުޒާހަރާކޮށްފި

މިޞްރުގެ އެތައް ހާސް ބަޔަކު އިސްލާމީ ވެރިކަމަކަށް ގޮވާލާ މުޒާހަރާކޮށްފި

މިޞްރުގެ އެތައް ހާސް ބަޔަކު އިސްލާމީ ވެރިކަމަކަށް ގޮވާލާ މުޒާހަރާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މިޞްރުގެ އެތައް ހާސް ބަޔަކު އިސްލާމީ ވެރިކަމަކަށް ގޮވާލާ ހުކުރު ދުވަހު މުޒާހަރާކޮށްފިއެވެ. މި މުޒާހަރާކޮްށްފައިވަނީ މިޞްރުގެ ވެރިރަށް ކައިރޯގެ ތަހްރީރު ސްކެއަރ ގައެވެ.

މުޒާހަރައިގެ ބައިވެރިން ގޮވާލައިފައިވަނީ ޑްރާފްޓްކުރެވިފައިވާ  އާ  ޤާނޫނު އަސާސީގެ އަސްލަކީ އިސްލާމީ ޤާނޫނު ނުވަތަ އިސްލާމީ ޝަރީޢަތަށް ހެދުމަށެވެ. ޤުރުއާނަކީ ޤާނޫނު އަސާސީއަށްވުރެ މަތީގައި އޮތް އެއްޗެއްކަމާއި، ރައްޔިތުނެ ބޭނުންވަނީ ﷲގެ ޤާނޫނުތަށް ކަން ދޭހަވާ ފަދަ ޝިއާރުތަށް މުޒާހަރާގައި ބޭނުންކޮށްފައިވެއެވެ.

ކުރީގެ ޤާނޫނު އަސާސީގެ މައިގަނޑު އަސްލަކީ 'އިސްލާމީ ޝަރީޢަތުގެ އަސްލުތަށް'ކަމަށް އޮތް އޮތުން، ހަމަ އެކަނި އިސްލާމީ ޝަރީއަތަށް'ބަދަލުކުރުމަށް މިޞްރުގެ އެތަކެއް މުސްލިމުންނެއްވަނީ ބޭނުންވެފައެވެ. ނަމަވެސް ލިބެރަލް ފަރާތްތަކާއި، ސެކިއުލާ ފަރާތްތައް އަދި ކޮޕްޓިކް ޗާރޗުންވެސް މިކަމަށް ދެކޮޅުކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.