ބުރާސްފަތިދުވަހުގެ ކުރީކޮޅުގެ ވަގުތެއްގައި ގިނަ ހައްޖާޖީން އަރަފާތަށް ފޯރައިފައިވެއެވެ.
ބައެއް ހައްޖާޖީން ރޭގަނޑު އަރަފާތުގެ ވަށައިގެން ކޭމްޕް ޖަހައިގެން މަޑުކޮށްގެން ތިބިނަމަވެސް ގިނަ ހައްޖާޖީން އަރަފާތަށް ފޯރައިފައިވަނީ ބުރާސްފަތިދުވަހުގެ ފަތިހުއެވެ. 189 ޤައުމުގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަ ކުދިން މި ސަރަހައްދަށް އައިސްފައިވެއެވެ. އަދި ބައެއް ހައްޖާޖީން ވަނީ ނަމާދުކުރުމަށާއި ނިދުމަށް ކޭމްޕްވެސް ޖަހާފައެވެ.
އިރުއޮއްސުމަށްފަހު ހައްޖާޖީން ދިޔުމަށް ހަމަޖެހިފައިވަނީ މުޒްދަލިފާއަށެވެ. އެއީ މިނާ އާއި އަރަފާތާއި ދެމެދުގައިވާ ތަނެކެވެ. މި ތަނުން ޖަމަރާއަށް ހިލަ އުކުމަށްޓަކައި ހައްޖާޖީން ހިލަ ހޮވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...