ދުނިޔެ ފަލަސްތީނުގެ ޓެކްސީއެއްގައި އިސްރާއީލުގެ ވަޒަންވެރިން ހުޅުޖަހައިފި

ފަލަސްތީނުގެ ޓެކްސީއެއްގައި އިސްރާއީލުގެ ވަޒަންވެރިން ހުޅުޖަހައިފި

ފަލަސްތީނުގެ ޓެކްސީއެއްގައި އިސްރާއީލުގެ ވަޒަންވެރިން ހުޅުޖަހައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ޓެކްސީއެއްގައި އިސްރާއީލުގެ ވަޒަންވެރިން ހުޅުޖަހައިފިއެވެ. އަދި މީގެ އިތުރުން ކާރުގެ ބޭރުގައި މެސްޖްތަކެއް ސްޕްރޭކޮށްފައިވެސް ވެއެވެ. ހާދިސާ ހިނގައިފައިވަނީ ވެސްޓުބޭންކުގެ އަވަށެއްކަމަށްވާ ހެބްރަންގައި ހޯމަދުވަހުގެ ވަގުތެއްގައެވެ.

މަންޒަރުދުށް ފަރާތްތަކުން ހާމަކުރިގޮތުގައި ކޮންމެވެސް ވަރަކަށް އަނދައިފައިވާ މި ކާރުގެ ބޭރުގައި ވަޒަންވެރިވީ ސަރަހައްދެއްގެ ވަޒަންވެރީންނާއި ފުލުހުންނާއި ދެމެދު ވަރަށް ފަހުން ހަމަނުޖެހުންތަކެއް ހިނގައިފައިވާ، ވަޒަންވެރިވެފައިވާ ސަރަހައްދެއްގެ ނަން ސޮޕްރޭކޮށްފައިވެއެވެ. ސޮޕްރޭ ކޮށްފައިވަނީ "ޕްރައިސް ޓެގް ސަސިޔާ"އެވެ. އަދި އިސްރާއީލުގެ ރީނދޫކުލައިގެ ލައިސެންސް ޕްލޭޓު ހަރުކޮށްފައިވާ ކާރެއް އެސަރަހައްދު ދޫކޮށް ދަނިކޮށް ފެނިފައިވާކަމަށްވެސް އެފަރާތްތަކުން ހާމަކުރިއެވެ.

"ޕްރައިސް ޓެގް" އަކީ ޔަހޫދީންގެ ހައްދުފަހަނަ އަޅައިފައިވާ ބަޔަކު ހިންގާ ކެމްޕެއިނެއްކަމަށް މަޢުލޫމާތު ލިބެއެވެ. މިފަދަ ހަމަލާތަކުގައި އާންމުގޮތެއްގައި މުދަލަށް ގެއްލުންދޭކަށް ފާހަގަވެއެވެ. މީގެ ތެރޭގައި ކާރުތަކާއި، މިސްކިތްތަކާއި، ޒައިތޫނި ގަސްތަށް ހިމެނެއެވެ. ނަމަވެސް މިފަދަ ހަމަލާތަށް ދޭ ފަރާތްތަށް މަދު ފަހަރަކު ނޫނީ އަތުނުލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.