ހައްޖާޖީންތިބި އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ. އަދި މިކަމާގުޅިގެން މި އިމާރާތުން މީހުން ވަނީ ހުސްކުރެވިފައެވެ. އިމާރާތުން ހައްޖާޖީން ހުސްކުރުމުގައި ހަރަކާތްތެރިވެފައިވަނީ ސައޫދީ ސިވިލިލް ޑިފެންސް ފޯސްއެވެ.
މައްކާގައި ހުރި މި އިމާރާތުގައި ތިބި ގިނަ ހައްޖާޖީންނަކީ އިންޑިއާއި ބަރމާގެ ހައްޖާޖީންނެވެ. ސައުދީގެ ސިވިލް ޑިފެންސް ފޯސްއިން ހާމަކުރިގޮތުގައި 13 ހައްޖާޖީއަކު ވަނީ ކުޑަކޮށް ޒަޙަމް ވެފައެވެ. މައްސަލަ މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ވާކަމަށާއި އަލިފާން ރޯވާން ދިމާވި ސަބަބެއް ހޯދުމަށް ތަހުޤީޤު ފެށިފައިވާކަމަށްވެސް ސައުދީ ސިވިލް ޑިފެންސް ފޯސްގެ ސްޕޯކްސްމަން ލިއުޓިނެންޓު ޢަބްދުﷲ އަލް ހާރިޘީ ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...