ޤުދުސް ގެ އިރުމަތީ ސަރަހައްދުގައި 800 ގެ އެޅުމަށް އިސްރާއީލުން ހުއްދަދީފިއެވެ.
ޕީސް ނައު ގެ އޮފިޝަލަކު ހާމަކުރިގޮތުގައި ގިލޯގެ ކައިރީގައި 800 ގެ އެޅުމަށް ބުރާސްފަތި ދުވަހުވަނީ އިސްރާއީލުން ހުއްދަދީފައެވެ. ޕީސް ނައު ގެ ހަޖިތު އޮފްރަން ހާމަކުރި ގޮތުގައި މި ގެތަށް އެޅުމަށް ހުއްދަ ދީފައިވަނީ އަވަށްތަށް ޕުލޭން ކުރާ ކޮމިޓީއިންނެވެ.
ގިލޯ އަކީ ޤުދުސްގެ އިރުމަތީގައި އޮންނަ ސަރަހައްދެކެވެ. އެއީ 1967 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ވެސްޓްބޭންކް ސަރަހައްދާއި އެކު އިސްރާއިލުން ހިފައިފައިވާ ސަރަހައްދެކެވެ. 1967 ވަނަ އަހަރު އިސްރާއީލުން ހިފައިފައިވާ ސަރަހައްދުތަކުގައި މީހުން އުޅެން ހަދައިފައިވާ ތަންތަނަކީ ބައިނަލް އަޤްވާމީ ފަރާތްތަކުންވެސް ބަލައި ނުގަންނަ ތަންތަނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...