ޑެންމާކުގައި އަރަބި ޗެނަލްތައް މަނާކުރުމަށް ޑެނިޝް ޕީޕަލް ޕާޓީގެ ލީޑަރު ގޮވާލައިފިއެވެ.
ޑޑެނިޝް ޕީޕަލް ޕާޓީގެ ލީޑަރު ޑެންމާކުގައި އަރަބި ޗެނަލްތައް މަނާކުރުމަށް ގޮވާލާފައިވަނީ ޑެންމާކުން މުސްލިމުންނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތައް އެފަދަ ޗެނަލްތަކުން ފާޑު ކިޔާތީކަމަށް ހަބަރު ލިބެއެވެ. އޭނާ ގޮވާލާފައިވަނީ އެޗެނަލް ތަކަކި 'ނަފުރަތާއި ބިރުވެރިކަން' އާންމު ކުރާ ޗެނަލް ތަކެއް ކަމަށާއި ސެޓެލައިޓް މެދުވެރިކޮށް ދައްކާ އަރަބި ޗެނަލްތައް ބްރޮޑްކާސްޓިން އޮތޯރިޓީއިން ބަންދުކުރަން ވެއްޖެ ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަނީކަމަށް ބުނެ މުސްލިމުންނަށް ފުރައްސާރަކުރުމުގައި މަޝްހޫރު 'ޑެންމާކު'އިން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ ޑެންމާކަށް އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި 'ހިޔާލުފާޅުކުރުން' ޑެންމާކުގައި އޮންނަނީ މުސްލިމުންނަށް ފުރައްސާރަކުރަންޖެހުނީމާ އެކަނި ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...