ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘްފުޅުތަކެއް އެއްވޮލިއުމަކަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައި. އާރ. އެފް) އިން ސްޕޮންސަރ ކޮށްފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރައްވާނީ މަދީނާގެ ޢިލްމުވެރިންގެ ޖަމާޢަތަކާއި، އަދި ރިޔާޟްގެ ޢިލްމުވެރިންގެ ޖަމާޢަތަކާ ގުޅިގެންކަމުގައި އެފައުންޑޭޝަންގެ ރައީސް ޑރ. ޒާކިރު ނައިކް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޢިލްމުވެރިންގެ އަގުހުރި ޢިލްމީ މަސައްކަތްތައް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމުގައި މުސްލިމުންގެ އިތުބާރު ހޯދާފައިވާ ސަޢޫދީ ޢަރަބިއްޔާގެ ދާރުއްސަލާމް ޕަބްލިކޭޝަން އިން އިންތިޒާމްކުރި ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ތިބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން، އަޅުގަނޑުމެންގެ އަތުގައި އެބަހުރި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘްފުޅުތައް ހިމެނޭ އެކިފޮތްތައް، ސަޙީހް މުސްލިމް ، ބުޚާރީ، ތިރުމިޛީ، އެކަމަކު އެއީ ހުރިހާ ޙަދީޘެއް އެއް ވޮލިއުމްއެއްގައެއްނޫން، އެހެންވީމާ، އަޅުގަނޑުމެން މިދަނީ ރަސޫލުﷲ صلى الله عليه وسلمގެ ހުރިހާ ސައްޙަ ޙަދީޘްތަކެއް އެއްވޮލިއުމަކަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުން. މިޕްރޮޖެކްޓުގައި މަސައްކަތް ކުރައްވާނީ ރިޔާޟްގެ ޢިލްމުވެރިންގެ ޖަމާޢަތަކާއި، އަދި މަދީނާގެ ޢިލްމުވެރިންގެ ޖަމާޢަތެއް. އަދި إن شاء الله ދާރުއްސަލާމް އިން މިމަސައްކަތް އެންމެ ފުރަތަމަ ޗާޕްކުރާނީ" ޑރ. ޒާކިރް ނައިކް އިތުރަށް ވިދާޅުވީ، "ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާލެވޭނެ އިންޝާ ﷲ ، އަދި ފުރަތަމަ ޗާޕްކުރާނީ ޢަރަބި ބަހުން އެކަމަކު އޭގެ ފަހުގައި އެކިއެކި ބަސްބަހަށް ތަރުޖަމާކުރެވޭނެ. إن شاء الله" އިސްލާމިކް ރިސާޗް ފައުންޑޭޝަން އަކީ ޑރ. ޒާކިރު ނައިކް އިސްވެހުންނަވައިގެން، އިސްލާމްދީނުގެ ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވަމުންގެންދާ އިންޑިޔާގެ ޖަމާޢަތެކެވެ. މީގެ އަހަރުތަކެއްކުރިން ފެށިގެން ޕީސްޓީވީގެ ނަމުގައި 24 ގަޑިއިރުގެ ޓީވީ ޗެނަލްއެއްވެސް ކުރިއަށް ގެންދާއިރު، އިސްލާމިކް އިންޓަރނޭޝަނަލް ސްކޫލްގެ ނަމުގައި އިސްލާމީ ތަޢުލީމާއި، ދުނިޔެވީ ތަޢުލީމް އުގަންނައިދޭ ސްކޫލެއް ހިންގަވަމުންގެންދަވާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ޑރ. ޒާކިރް ނައިކް ގެ މި މަސައްކަތްތަކުގައި ބަރަކާތްލައްވައި، އެކަމުގެ ފޮނި މޭވާ އިސްލާމީ އުއްމަތަށް މިންވަރުކޮށްދެއްވާށިއެވެ. އާމީން
ހުރިހާ ޞައްޙަ ޙަދީޘްފުޅުތަކެއް އެއްވޮލިއުމަކަށް ޖަމާކުރުމުގެ މަސައްކަތް ފަށައިފި
ކިޔާލަން ހޭދަވާނީ 2 މިނިޓް
ފޮންޓް ސައިޒް
ޓެގް
މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން
ފަހުގެ
- ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ
- ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ”ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ
- ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ
- ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ
- ނޫރުލް އަޛާންގައި ބައިވެރިވުމުގެ ފުރުޞަތު ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފައި
- ރަމަޟާން މަހުން ފެށިގެން އަވަސް އެޕުން ޒަކާތް ދެއްކޭނެ
- ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރައިފި
- ޒަކާތު ފަންޑު ބަލަހައްޓަން އެމްއެމްއޭ ބައިވެރިވުމަކީ އިތުބާރު ދެމެހެއްޓޭނެ ކަމެއް: ވަޒީރު ޝަހީމް
ލިޔުމާއި ގުޅޭ
މަސްޖިދުއް ނަބަވީގެ ކުރީގެ މުއައްޒިން ޝައިޚް ފައިސަލް ނައުމާން އަވަހާރަވެއްޖެ
ސަޢޫދީ އަރަބިއްޔާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 ޢުމްރާވެރިން ނިޔާވެއްޖެ
ޙައްޖުވެރިންގެ ހަދްޔުއާއި އުޟްޙިޔާ ކަތިލާނީ، ސީދާ ޙައްޖު މިނިސްޓްރީން: ސަޢުދީ
ފަލަސްޠީނުގެ ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި އދ އަދި ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަމަށް ޢައްބާސް ޝުކުރު އަދާކުރައްވައިފި
ލިޔުމާއި ގުޅޭ
މަސްޖިދުއް ނަބަވީގެ ކުރީގެ މުއައްޒިން ޝައިޚް ފައިސަލް ނައުމާން އަވަހާރަވެއްޖެ
ސަޢޫދީ އަރަބިއްޔާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 ޢުމްރާވެރިން ނިޔާވެއްޖެ
ޙައްޖުވެރިންގެ ހަދްޔުއާއި އުޟްޙިޔާ ކަތިލާނީ، ސީދާ ޙައްޖު މިނިސްޓްރީން: ސަޢުދީ
ކޮމެންޓް (0)
ލޯޑް ކުރަމުން...