ދިއިސްލާމް ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރީ އިސްރާއީލްގެ އެހީއާއިއެކު

ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރީ އިސްރާއީލްގެ އެހީއާއިއެކު

ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރީ އިސްރާއީލްގެ އެހީއާއިއެކު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރީ އިސްރާއީލްގެ އެހީއާއިއެކު ކަމަށް ލީކުވެފައިވާ ލިޔެކިޔުންތަކަކުން ހާމަވެއްޖެއެވެ. ލީކުވެފައިވާ ލިޔެކިޔުންތަކުން ހާމަވެގެން ދިޔަގޮތުގައި އެ ކެމިކަލް ހަތިޔާރުތައް އެހެންތަނަކަށް ބަދަލުކުރެވިފައިވަނީ އީރާނުގެ އެހީއާއިއެކުގައެވެ، އަދި ރަޝިޔާއަށްވެސް އެނގޭނެގޮތަށެވެ.

އިތުރު ލިޔެކިޔުންތަކުން ހާމަވާގޮތުގައި ބަޝާރަލް އައްސަދު ވަނީ އެކަމުގައި ބޯޑަރު ސަރަހައްދުގައި އިސްރާއީލްގެ ދައުލަތާއި އެއްކޮށް އެމަސައްކަތް ކުރިއަށް ގެނދިޔުމަށް މަސައްކަތްކޮށްފައެވެ. އީރާނުގެ ޤުދުސް ފޯރސްގެ ކޮމާންޑަރު ޤާސިމް ސުލައިމާނީ ކެމިކަލް ހަތިޔާރުތައް ގެންދިއުމަށް ތައްޔާރުވެފައިވާކަމަށް ބުނެ އިރާނުން ފޮނުވައިފައިވާ ތާރީޚް ނުޖަހައިވާ ލިޔެކިޔުމެއްވެސް ވަނީ ލީކުވެފައެވެ.

މީގެ ކުރިން ސޫރިޔާގެ އަދި އީރާނުގެ ސަރުކާރާއި އިސްރާއީލުގެ ސަރުކާރާއިދެމެދު އެއްބަޔަކު އަނެއްބަޔަކަށް އެތަކެއް އިންޒާރުތަކެއް ދީފައިވީނަމަވެސް ހަނގުރާމައެއް ފަށާފައެއްނުވެއެވެ. އަދި މީގެ އިތުރުން މި ލިޔެކިޔުންތަކުން ދޭހަވަނީ އެއީ މިތުރުން ކަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.