ދިއިސްލާމް ތުރުކީއިން ސޫރިޔާއަށް ހަމަލާ ދީފީ

ތުރުކީއިން ސޫރިޔާއަށް ހަމަލާ ދީފީ

ތުރުކީއިން ސޫރިޔާއަށް ހަމަލާ ދީފީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީއިން ސޫރިޔާއަށް ހަމަލާ ދީފީއެވެ.  މިހަމަލާ ދީފައިވަނީ ތުރުކީއާއި ސޫރިޔާގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ތުރުކީގެ އަވަށަކަށް ސޫރިޔާއިން ދިން މޯޓަރު ބޮމުގެ ހަމަލާތަކުގައި 6 މީހުން މަރުވެ  8 މީހުން ޒޙަމްވުމާއި ގުޅިގެންނެވެ.

ސޫރިޔާގެ ސަރުކާރުން އެމައްސަލަ ތަހުގީގުކުރަމުންދާކަމަށް ހާމަކޮށްފައިވާކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ލިބެއެވެ. ތުރުކީއިން މިހާރު ދަނީ ޓޭންކްތަކާއި މިސައިލް ބެޓެރީތަކާއި އެނޫންވެސްހަނގުރާމައިގެ އާލާތްތައް ސޫރިޔާގެ ބޯޑަރު ސަރަހައްދަށް ޖަމާ ކުރަމުންނެވެ.

ނޭޓޯއިން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުން ހުއްޓުމަކަށް ގެނައުމަށް ސޫރިޔާގެ ސަރުކާރަށް ގޮވާލާފައެވެ. އަދި ނޭޓޯއިން ތިބީ ތުރުކީއާއި އެކުގައިކަމަށްވެސް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ހިލަރީ ކުލިންޓަންވެސް މި އަމަލު ވަނީ ކުއްވެރި ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.