ތުރުކީގެ ރައީސް އުރުދުގާންއަކީ ޤައުމަށް ޚިޔާނާތްތެރިވި މީހެއް ކަމަށް އިދިކޮޅު ޕާޓީގެ ލީޑަރު ގޮވާލާއިފިއެވެ.
ތުރުކީގެ މައި އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓިގެ ލީޑަރު ތުހުމަތުގެ ކޮށްފައިވަނީ ތުރުކީގެ ޕްރައިމް މިނިސްޓަރ އުރުދުގާން، އެމެރިކާއިން ޢިރާޤަށް އަރައިގަން ދުވަސްވަރު އެމެރިކާއިން ބޭނުންވާ ގޮތްތައް ދިފާއު ކުރިކަމަށެވެ.އިދިކޮޅު ލީޑަރު ކިލިދަރޯގްލު ހާމަކުރިގޮތުގައި އުރުދުގާން ވަނީ އޭނާގެ ސަރުކާރުން ތުރުކީގެ ވައިގެ ސަރަހައްދަކާއި ދެ ސީޕޯރޓުވެސް ދޭން ވޮޝިންޓަން އަށް ވައުދުވެފައިވާކަމަށެވެ.
އިދިކޮޅު ލީޑަރު މިފަދަ ތުހުމަތެއް ކޮށްފައިވަނީ ވިކިލީކްސްއިން ނެގި މައުލޫމާތުތަކަކަށް ބަރޯސާވެގެންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...