ދުނިޔެ ރަސްގެފާނު ޢަބްދުﷲ މަސްޖިދުއްނަބަވީގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިފި

ރަސްގެފާނު ޢަބްދުﷲ މަސްޖިދުއްނަބަވީގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިފި

ރަސްގެފާނު ޢަބްދުﷲ މަސްޖިދުއްނަބަވީގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަސްގެފާނު ޢަބްދުﷲ މަސްޖިދުއްނަބަވީގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިފިއެވެ. 2 މިލިއަނަށް ވުރެ ގިނަ މީހުންގެ ޖާގަ އިތުރވެގެންދާނެ މި މަޝްރޫޢުގެ ބިންގާ ސަޢުދީ ރަސްގެފާނު އެޅުއްވީ އިއްޔެގެ ވަގުތެއްގައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ސަރަހައްދުގައިވާ ބައެއް އިމާރާތްތައް ނައްތާލަން ޖެހެއެވެ. މިގޮތުން އެސަރަހައްދދުގައިވާ 23 ހޮޓަލެއް ނައްތާލަން ޖެހެއެވެ. އަދި މަޝްރޫޢަކީ 25 ބިލިއަން ސަޢުދީ ރިޔާލުގެ މަޝްރޫޢެކެވެ.

3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 80000 މީހުންގެ ޖާގަ ހެދޭނެކަމަށާއި ދެވަނަ އަދި ތިންވަނަ ފިޔަވަހީގައި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ޖާގަ އިތުރުކުރެވޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.