ސޫރިޔާގެ ސިފައިން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީފިއެވެ.
މީޑިއާ ރެޕޯރޓުތައް ބުނާގޮތުން ހަމަލާ ދެވިފައިވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ "ޔަރްމޫކް" ނަމަކަށް ކިޔޭ ރެފުޖީ ކޭމްޕަށެވެ. އަދި މީގެ އިތުރުން އަލް ހަޖަރުލް އަސްވަދު އަވަށަށްވެސް ވަނީ ސޫރިޔާގެ ސިފައިން ހަމަލާދީފައެވެ.
ސޫރިޔާގެ ސިފައިންވަނީ މި ރެފިއުޖީ ކޭމްޕުގެ އައްތަލްނާ ބަގީޗާއިންނާއި އަލް ވަސީމް މިސްކިތުން އެތަކެއް މީހުންނެއްހައްޔަރުކޮށްފައެވެ. އެއީ އެމީހުން ބުނާގޮތުންނަމަ "ޓެރަރިސްޓުން" ނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...