ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކާރޓޫން ކުރެހުމުން އެކަމާ ދެކޮޅުހަދައި މުޒާހަރާކުރުން ފްރާންސް ގައި މަނާކޮށްފިއެވެ. ފްރާންސް ގެ ޕްރައިމް މިނިސްޓަރު ޖީން މާރކް އައިރޯލްޓު ބުދަ ދުވަހު ހާމަކުރީ އެ ކާރޓޫންތަކުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމަށްވާނަމަ ކޯރޓުތަކަށް މައްސަލަ ހުށައަޅަންވީކަމުގައެވެ.
"އަހަރަމެން މިއުޅެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ޤައުމެއްގައި، މީގެ ތެރޭގައި މީހުން ރަމްޒުކޮށްދޭ ސޫރަ ކުރެހުންވެސް ހިމެނެއެވެ." ޖީން މާރކް އައިރޯލްޓު ބުންޏެވެ. އަދި މި މުޒާހަރާތަކަކީ މަނާ ކަމެއްކަމަށާއި އެކަމަށް ހުއްދަ ނުދޭނެކަންވެސް ޖީން މާރކް އައިރޯލްޓު ހާމަކުރިއެވެ.
ފްރާންސް ގެ ޕްރައިމް މިނިސްޓަރު ޖީން މާރކް އައިރޯލްޓު މިމުޒާހަރާތައް މަނާ ކޮށްފައި މިވަނީ ޗާރލީ ހެބްޑޯ، ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް މަލާމާތްކޮށް ކުރަހާފައިވާ ކާރޓޫންތައް އާންމުކުރާނެކަން ހާމަކުރުމުން ފްރާންސްގައި ހަރަކާތްތެރިވާ އިސްލާމީ ޖަމާޢަތްތަކުން އެކަމާ ދެކޮޅަށް މުޒާހަރާކުރުމަށް ގޮވާލައިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...